ލެސްޓަރ ސިޓީގެ ވެރިޔާ ދަތުރުކުރާ ހެލިކޮޕްޓަރު ވެއްޓިއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބެއް ކަމަށްވާ ލެސްޓަރ ސިޓިގެ ވެރިޔާ ވިޗައި ސްރިވަދްނަޕްރަބްހަ ދަތުރުކުރާ ހެލިކޮޕްޓަރު ލެސްޓަރ ސިޓިގެ ކިންގް ޕަވަރ ސްޓޭޑިއަމް ކައިރިއަށް ވެއްޓިއްޖެއެވެ.
އިނގިރޭސި މީޑިއާތަކުން ހަބަރުދޭގޮތުގައި މި ހާދިސާ ހިނގި ވަގުތު ލެސްޓަރގެ ވެރިޔާ ހެލިކޮޕްޓަރުގައި އިންކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

ހެލިކޮޕްޓަރު ވެއްޓުމާއި ގުޅިގެން ގެއްލުންވީ ކޮންބަޔަކަށް ކަމާއި ކިތައް މީހުންނަށް ކަމެއްވެސް އަދި ނޭންގެއެވެ.
މަންޒަރު ދުއް ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި ކިންގް ޕަވަރ ސްޓޭޑިއަމުން އުދުއްސައިގަނެގެން މާގިނައިރުތަކެއް ނުވެ ހެލިކޮޕްޓަރު އެނބުރެމުން ގޮސް ސްޓޭޑިއަމްއާއި މާދުރުނޫން ކާރުތައް ޕާކު ކުރާ ސަރަހައްދަކަށް ވެއްޓުނީއެވެ.
ލެސްޓަރގެ ފުލުހުންވަނީ މި ހާދިސާއާއި ގުޅިގެން ކުރަންޖެހޭ ހުރިހާކަމެއް ކުރާކަމުގެ ޔަގީންކަން އާންމުންނަށް ދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް