އެމްޑީޕީގެ ކާމިޔާބީ ފާހަަގަކުރުމަށް 24ގަޑިިއިރު ފަތައިފި!
ނިމިިދިޔަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް 24ގަޑިއިރުގެ ފެތުމުގެ ހަރަކާތެއް ފަށައިފިއެވެ.
މި ފެތުން މިއަދު މެންދުރުފަހު ފަށާފައިވާއިރު، މިކަމުގައި ބައިވެރިވަނީ ފިރާސް އަފީފެވެ. ފިރާސްއަކީ ރާއްޖޭގެ ފެތުމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ.
ފިރާސް ވަނީ ވޯޓުލީ ދުވަހުގައި، އެމްޑީީޕީން 50އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފިނަމަ 24 ގަޑިއިރު ފަތާނެކަމަށް ފޭސްބުކްގައި ވައުދުވެފައެވެ.
ރާއްޖޭގެ މަޝްހޫރު އަންހެން ފެތުންތެރިޔާ އަޒްކާ އާދިލް ކުރި ޓްވީޓެއްގައި އޭނާ ބުނީ ފިރާސްގެ މި ފެތުން ޚާއްސަ ކޮށްފައިވަނީ ފިރާސްގެ އާ މަޖިލިސް މެންބަރ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށެވެ.
އަޒްކާ ވަނީ ފިރާސްއަށް ތަރުހީބުދިނުމުގެ ގޮތުން މި ފެތުމުގައި ބައިވެރިވާނެކަމަށް ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް