ކޮމިޝަނާރ އޮފް ޕޮލިސް ގެ މަޤާމަށް ހަމްދޫން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް، އޭސީޕީ ހަމްދޫން ރަޝީދު ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.
އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ނަވާޒު، އެންވަޔަރުމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ވެސް ވަނީ ހަމަ ޖައްސަވައިފައެވެ.
ރިޔާސީ އިންތިހާބަށްފަހު ނަވާޒް ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ކެމްޕޭން އޮފީހަށް ވަޑައިގެން ބައްދަލު ކުރައްވައިފައެވެ.
އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ހަމްދޫނަކީ، މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭ އޮޕަރޭޝަންގައި ފުލުހުންގެ އިސް ކޮމާންޑަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް