"ސޮރީ ބޯއީސް" ފަޅާލައިފި; ވަގަށްނެގި ތަކެތި ހޯދައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
“ސޮރީ ބޯއިސް” ބިއްލޫރިގަނޑު ތަޅާލައި ވަގަށް ގެންދިޔަ ތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނީ، ރޭ ދަންވަރު 3:45 ހާއިރު މާފަންނުގައި ހުންނަ "ސޮރީ ބޯއިސް" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ރިޕޯޓު ކުރި މައްސަލައާ ގުޅިގެން ފުލުހުން، ފިހާރައިން ގެއްލުނު ތަކެތި މިހާރު ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުންދާއިރު، މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް