ޠަޢިބާ މިސްކިތަށް ގެއްލުންދިން މީހާ ފުލުހުން ހައްޔަރުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިއަދު ހެނދުނު ޠަޢިބާ މިސްކިތަށް ގެއްލުންދިންކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮުތުގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިސްކިތުގެ ގޯތިތެރޭގައި އޭނާ ހުއްޓައެވެ. މަންޒަރުދުށް ބައެއް މީހުން ބުނީ މި ހާދިސާ ހިނގާފައިވަނީ، މިއަދު ހެނދުނު 06:45 ހާއިރުކަމަށެވެ. ތައިބާ މިސްކިތަށް ގެއްލުންދިން މީހާ ވަނީ ޕޭމަންޓް ގާބުރިއެއް އެއްލައި މިސްކިތުގެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައެވެ.
ޕޭމަންޓް ގާ އެއްލުމުގެ ސަބަބުން ކޮޑަދޮރު ތަޅައިގެންގޮސް މިސްކިތު ނަމާދުކުރާ ތަނަށް ވަނީ ބިއްލޫރިތައް އެޅިފައެވެ.

ތައިބާ މިސްކިތުގެ ކޮޑަދޮރުގެ ބިއްލޫރިގަނޑެއް ތަޅާލާފައިވާއިރު، މީގެ ހަފްތާއެއްހާ ދުވަސްކުރިން ވަނީ ފުރުގާން މިސްކިތުގެ ކުޑަދޮރެއްވެސް ތަޅާލާފައެވެ. އެ ހާދިސާ ހިނގާފައިވަނީ ދަންވަރުގެ ވަގުތެއްގައެވެ. އެ ހާދިސާގައިވެސް ކުޑަދޮރު ތަޅާލާފައިވަނީ ޕޭމަންޓް ގަލެއް އެއްލައިގެންނެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ މިސްކިތެއްގެ މުސްހަފްތަކާއި ގޮނޑިތަކަކަށްވެސް އިއްޔެ ވަނީ ގެއްލުންތަކެއްދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް