އެމްޑީއެންއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ޑރ.އިޔާޒު ސިފަކުރައްވައިފި
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކަކީ ޓެރަރިސްްޓް ޖަމާއަތެއްގެ ގޮތުގައި، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާާޒު އަބްދުއްލަތީފް ސިފަކުރައްވައިފިއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓްތަކެއްގައެވެ.
އެމްޑީއެންއިން ނެރުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން އިސްވެ މައްސަލަ ނުބެލުމާއި ގުޅިގެން ދީނީ އިލްމުވެެރިޔާ އައްޝައިޚް އަލީ ޒައިދު ކުރެއްވި ޓްވީޓަކަށް ތާއިދުކުރައްވަމުން ޑރ.އިޔާޒު ވިދާޅުވީ، އިންސާފުވެރިކަމާއި އެކު ކަންތައްތައް ކުރެއްވުމަށް ފުލުހުންނަށް އިލްތިމާސްކުރައްވާ ކަަމަށެވެ.
"ލާދީނީ ޓެރަރިސްޓް އެމްޑީީއެން ބަންދު ކޮށްދެއްވުން އަވަސްކޮށްދެއްވާ" އެބޭފުޅާ ވިދާޅުވިއެވެ.

ޑރ.އިޔާޒު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ލާދީނީ ޓެރަރިސްޓުން ހިންގާ ޖަރީމާތަކަށް ފުލުހުން ފިޔަވަޅު އަޅަންޖެހޭނީ ކޮންމެހެން އިސްލާމިކް މިނިސްޓްރީން ސިޓީއެއް ލިބިގެން ނޫންކަމަށެވެ.
އަދި އޭގެ ކުރިންވެސް މިފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް