ގަދަ ވަޔާއެކު މަރަދޫ ފޭދޫ ގެއެއްގެ ފުރާޅު އެއްލާލައިފި
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މަރަދޫ ފޭދޫ، ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ހާމަ ކުރެއްވި ގޮތުގައި އައްޑޫ ސިޓީ، މަރަދޫ ފޭދޫ، ގެއެއްގެ ފުރާޅު އެއްލައިލައިފައިވަނީ މިއަދު 11:59 ހާއިރުއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދެއްވި ގޮތުގައި، ފުރާޅު އެއްލައިލާފައި ވަނީ "ޓިއުލިޕްމާ" ގޭގެ ފުރާޅެވެ.
އެހެންކަމުން، އެ ފުރާޅު މަގުމަތިން އެއްފަރާތް ކުރުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމްއެންޑީއެފް އިން ހާމަ ކުރެއްވި ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް