"ޓްރިޕް" މެދުވެރިކޮށް މޯލްޑިވިއަންގެ ޓިކެޓް ގަނެވޭ ގޮތް ހަދައިފި
ޓްރެވަލް އޭޖެންސީއެއް ކަމަށްވާ "ޓްރިޕް.ކޮމް" މެދުވެރިކޮށް މޯލްޑިވިއަންގެ ޓިކެޓް ގަނެވޭ ގޮތް ހަދައިފިއެވެ.
މޯލްޑިވިއަނުން ބުނީ، މިދިޔަ ހުކުރު ދުވަހުން ފެށިގެން "ޓްރިޕް.ކޮމް" މެދުވެރިކޮށް އެ އެއާލައިންގެ ހުރިހާ ދަތުރަކަށްވެސް ބުކިން ހެއްދޭނެ ކަމަށެވެ.
މޯލްޑިވިއަނުން ބުނީ، މި ޕާޓްނަޝިޕްގެ ސަބަބުން ފަސިންޖަރުންނަށް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
މޯލްޑިވިއަންގެ ދަތުރުތައް އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝަށް ކުރާއިރު، ރާއްޖޭގެ 16 މަންޒިލަކަށް މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓުތައް ބާއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް