ރާއްޖެއާ ސައުދީއާ ދެމެދު ހައްޖު ހިދުމަތްތަކާއި ބެހޭ އެއްބަސްވުމެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު ހައްޖުގެ ހިދުމަތާ ބެހޭ އެއްބަސްވުމުގައި ސޮއިކުރައްވައިފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ. ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ ހައްޖާއި އުމްރާއާ ބެހޭ ވަޒީރު ޑރ ތައުފީގު ބިން ފައުޒާނު އައްރަބީއާ އެވެ.
މި އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ ކުރިއަށް އޮތް ހައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތަކެވެ. މިގޮތުން ހައްޖުގެ ހިދުމަތަށް ފައިސާ ދައްކާނެ ގޮތާއި، ދިވެހިރާއްޖެއިން ހައްޖުގެ ހިދުމަތްދޭ ކުންފުނިން ހިދުމަތް ދޭންޖެހޭނެ ގޮތާއި ދިވެހި ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ހައްޖު މޫސުމުގައި ރާއްޖޭގެ ހައްޖު މިޝަން ގާއިމު ކުރުމާއި މިފަދަ މުހިންމު ކަންކަންކަން ބަޔާންވެފައި ހުރެ އެވެ.
މި އެއްބަސްވުމަކީ ކޮންމެ އަހަރަކުވެސް ސޮއިކުރާ އެއްބަސްވުމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް