ފުލުހުންނަށް ބިރުދެއްކި ތިން މީހުންގެ ބަންދަށް ހަތް ދުވަސް
ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ބިރު ދެއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި ދެ ފުލުހަކަށް ވަޅިން ބިރުދެއްކި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންވެސް ހަތް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ބަޔަކު ވަޅިން ބިރު ދައްކާފަައިވަނީ ރޭ 10:00 ހާއިރެވެ.
ފުލުހުން ހާމަ ކުރެއްވި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުންނެވެ.
މި މައްސަލައިގައި، ހައްޔަރު ކުރި މީހުން ހައްޔަރު ކުރުމުގައި ޢަމަލުލުރި ގޮތާމެދު ޝަކުވާތަކެއް ލިބިފައިވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑްސްއިން އެކަން ބަލަމުންދާ ކަމަށް، ކުރިން ފުލުހުންގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް