މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
45 މެންބަރުންގެ ސޮޔާއެކު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ސޮއިކުރި މެންބަރުންގެ ތެރޭގައި ޕީޕީއެމްގެ ބައެއް މެންބަރުން ނާއި އެމްްޑީއޭގެ ބައެއް މެންބަރުން ހިމެނެ އެވެ. އެގޮތުން ޖުމްލަ 45 މެންބަރުންގެ ސޮޔާއެކު މިއަދު މަޖިލީހަށް އެ މައްސަލަ ވައްދާނެ އެވެ.
އިދިކޮޅުފަރާތް ތަކުން މަސީހު އިތުބާރު ނެތްކަމުގެ މައްސަލަ 3 ފަހަރެއްގެ މަތިން ވަނީ މަޖްލީހަށް ވައްދާފައެވެ.
އެގޮތުން އެންމެ ފުރަތަމަ އިދިކޮޅު މެމްބަރުން ހުށަހެޅި މައްސަލަ ނާކާމިޔާބު ވީއިރު، އޭގެފަހުން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލާގައި ގާނޫނީ މައްސަލަތަކެއް ހުރުމުން އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. ތިންވަނަ ފަހަރު ހުށައެޅިމައްސަލައިގެ ބޭރުކޮށްލީ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިގެންނެވެ.
ފުރަތަމަ މައްސަލަ ހުށައެޅިއިރު މައްސަލަ ހުށައެޅުމަށްޓަކައި ބޭނުންވަނީ 15 މެންބަރުންގެ ސޮއިއެވެ.
ނަމަވެސް މިދިޔަ އަހަރު މަޖްލީސް ގަވައިދަށް ގެނައި ބަދަލުގައި އެ އަދަދު ވަނީ 42 ކަށް އިތުރުކޮއްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް