އަކްރަމް އަފީފް ލެބަނަން ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
އަކްރަމް އަފީފް ލެބަނަން ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު 12 Jan 2024 | 23:43

އޭޝިއަން ކަޕް: ފުރަތަަމަ މެޗުގައި ލެބަނަން އަތުން ޗެންޕިއަން ގަތަރަށް ފަސޭހަ މޮޅެއް

ކުލަގަދަ ރަސްމިއްޔާތަކާއެކު އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތް ހުކުރުދުވަހުގެ ރޭ ގަތަރުގައި ފެށިއިރު، މުބާރަތުގެ ފުރަތަަމަ މެޗުގައި ވާދަކުރީ ގުރޫޕް އޭގެ ލެބަނަން އާއި މުބާރާތް ބާއްވާ ގައުމު ގަތަރެވެ. މި މެޗު ފަސޭހަކަމާއި އެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ގަތަރުން ވަނީ މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ.

2022 ވަނަ އަހަރު ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ކުޅުނު ލުސައިލް ސްޓޭޑިއަމްގައި 82,490 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުނު މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ 7 ވަނަ މިނެޓުގައި ގަތަރުގެ އަޒްމޮން ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ގަތަރުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އަކްރަމް އަފީފް އެވެ. މިއީ އެޓީމުގެ ފޯވާޑް އަލްމޮއެޒް އަލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލުބުނާނުގެ ޕެނަލްޓީ އޭރިއާ މެދެންހާ ހިސާބުހުރެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ގަތަރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ގަތަރުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ދެވަނަ ލަނޑު ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އަލްމޮއެޒް އަލީ އެވެ.

މިއީ އެޓީމުގެ މިޑްފިލްޑަރު މުހައްމަދު ވާދު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަކްރަމް އަފީފް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ގަތަރު ކުރީގައި އޮވެގެންނެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނައިގައި މިވަގުތު އޮތީ ގަތަރެވެ. މިގުރޫޕްގައި ގަތަރާއި ލުބުނާންގެ އިތުރުން ދެން ހިމެނެނީ ޗައިނާ އަދި ތަޖިކިސްތާން އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...