ޕްރިމިއަރ ލީގަށް 5 ޓީމެއް ވާދަކުރޭ: ގާޑިއޯލާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ލީގުގައި މިހާތަނަށް ނުވަ މެޗު ކުޅެވުން އިރު މެޗުތަށް ވަރަށް ވާދަވެރިކަމަށާއި ލީގަށް ފަސް ޓީމެއް ވާދަކުރާކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މިދިޔަ ސީޒަނުގެ ޗެންޕިއަން ސިޓި 23 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަ އޮތް އިރު ހަމަ އެދަދަށް ލިވަޕޫލުންވެސް ވަނީ ޕޮއިންޓް ހޯދާފައެވެ. ޗެލްސޯ، އާސެނަލް، އަދި ޓޮޓެންހަމް އޮތީ 21 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ، ހަތަރުވަނަ، އަދި ފަސްވަނައިގައެވެ.
ސިޓީއިން ލީގުގެ ކުރިއަށް އޮތްމެޗުގައި ޓޮޓެންހަމްއާއި ދެކޮޅަށް ނުކުތުމުގެ ކުރިން މީޑިއާއަށް މައުލޫމާތު ދެމުން ގާޑިއޯލާ ބުނެފައިވަނީ ފަހެއް ނޫނީ ހަ ޓީމުގެ މެދުގައި ޕޮއިންޓުގެ ގޮތުން ހުރީ ވަރަށް ކުޑަ ތަފާތެއް ކަމަށާއި އޭގެ ތެރޭގައި ޓޮޓެންހަމްވެސް ހިމެނޭކަމަށެވެ. ޓޮޓެންހަމްއަކީ މިހާރު ޕްރިމިއަރ ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމުކަމަށްވެސް ގާޑިއޯލާ ފާހަގަކޮށްފައިވެއެވެ.
ސިޓީ އަދި ޓޮޓެންހަމް ބައްދަލުކުރާ މެޗު އޮތީ އަންނަ އަންގާރަދުވަހުގެ ދަންވަރު ރާއްޖޭ ގަޑިން އެކެއް ޖަހާއިރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް