އުދަރެސް މަދަހައިގެ ޕޯސްޓަރ
އުދަރެސް މަދަހައިގެ ޕޯސްޓަރ
ދީން 08 Apr 2025 | 10:45

އަލް އަސްރުގެ ’ފެށުން‘ ސީރީޒްގެ ’އުދަރެސް‘؛ ދައްކައިދެނީ އިބްރަތްތެރި ވާހަކަތަކެއް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ނިމިދިޔަ ރަމަޟާންމަހު އަލް އަސްރު އާއި ދާރިސް ޓީވީ ގުޅިގެން ގެނެސްދިން ފެށުން ސީރީޒް ގައި ހިމެނޭ، ”އުދަރެސް“ މަދަހައިގެ އޮފިޝަލް ވީޑިއޯ ނެރެފި އެވެ.

ފެށުން ސީރީޒް އަކީ ރަމަޟާން މަހަށް ޚާއްސަ ކޮށްގެން ދާރިސް ޓީވީން ގެނެސްދިން ޢިބުރަތުން ފުރިގެންވާ ސީރީޒްއެކެވެ. މި ސީރީޒްގެ މައި ރޯލުން ފެނިގެންދަނީ ދަހްލާން ރިޒާ އެވެ.

ސީރީޒްގެ މައި ރޯލުން ފެނިގެންދާ ކެރެކްޓާ އޭނާގެ ޙަޔާތް ދީނީ ކަންކަމާއި ދުރުގައި، ޚާއްސަކޮށް ނަމާދާއި ދުރުގައި ހޭދަކުރަމުންދަނިކޮށް، ކަނޑުމަތީގައި ދިމާވާ ހާދިސާއަކާއި ގުޅިގެން އޭނާގެ ޙަޔާތަށް އަންނަ ބަދަލު އެ ސީރީޒްއިން ފެނިގެންދެއެވެ.

ސީރީޒްއަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިގެންގޮސްފައިވާއިރު، އޭގެ އޮފިޝަލް މަދަހައަށްވެސް އަންނަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.

މޫސާ ޝިފާޢު ކިޔައިދީފައިވާ މި މަދަހައިގެ ޅެން ހަދާފައި ވަނީ ޝެއިޚް އަބްދުالله އެވެ. އަދި އޯޑިއޯ ރިކޯޑިންގ މޫސާ ތައުފީޤު ހަދައިދީފައިވާއިރު، ވީޑިއޯ އަކީ އޯކޭޒް ގެ އުފެއްދުމެކެވެ.

މުޅި މަދަހައިގެ މަންޒަރުތައް ގެނެސްދީފައިވާ ގޮތް ފުރިހަމަ އެވެ. ދެ މިނެޓްގެ މި މަދަހައިން ގާތްގަނޑަކަށް މުޅި ސީރީޒްގެ ކުރު ޚުލާސާއެއް ދައްކުވައިދެއެވެ.  އެގޮތުން، މަންމައާއި ބައްޕައަކު އެމީހުންގެ ދަރިފުޅަށް ނަމާދުގެ މުހިންމުކަން ކިޔައި ދެ އެވެ. ދެން ފެނިގެންދަނީ މާސިންގާ ކަނޑުމަތީ، ކަނދުފައްޗެއްގެ މަތީގައި، އެކަނިމާއެކަނި އިނދެ، އެ ދަރިފުޅު ނަމާދު ކުރަމުންދާ ތަނެވެ.

އެފަހުން ކާނެ އެއްޗެއް ނެތި ބަނޑުހައިހޫނުކަންމަތީގައި، އެ ކަނޑުފަތީގެ މަތީގައި އޮއްވައި، ކަނޑު ފުޅަންގެއް އޭގެ މައްޗަށް ފުންމައިލުމުން، އެކަމުންދިޔައިރު، އޭނާގެ މަންމަ ކައްކާ މީރު ކާނާ މަތިން ހަނދާންވާނެ ދުވަހެއް އަންނާނޭކަން މަންމަ ބުނެދިން ދުވަސް ހަނދާނަށް އަންނަ މަންޒަރު ދައްކުވައިދެއެވެ. އަދި އެކަން ވެގެންދިޔައީ އޭނާއަށް ފުން އަސަރުތަކެއް ކުރުވި ކަމެއްކަން ދައްކުވައިދިން މަންޒަރުން ހާމަވެއެވެ.

މަދަހައިގެ ވީޑިއޯގެ ފުރިހަމަ ކަމާއި އެއްވަރަށް ޝިފާއު އެ މަދަހަ ކިޔައިދިން އަސަރާއި، އެ މަދަހައިގެ ޅެންވެސް ފުރިހަމައެވެ. ދުނިޔެއާއި އުޚުރަވީ ޙަޔާތަށް އަލިއަޅުވާލައި ލިޔެފައިވާ ޢިބުރަތުން ފުރިގެންވާ އެ ޅެން، ޝިފާޢު ކިޔައިދީފައިވަނީ އަހާލަން ފަސޭހަ، އަސަރުގަދަ ރީތި ރާގަކަށެވެ. ހަމަ އެހެންމެ ދަހްލާންގެ އެކްޓިންގއަށްވެސް ތައުރީފް ހައްގެވެ.

ޖުމްލަކޮށް މުޅި މަދަހައިންވެސް ފެނިގެންދަނީ ފުރިހަމަކަމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލް-ޢަސްރުގެ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
09 Oct 2026 ހަބަރު

އަލް-ޢަސްރުގެ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއް...

ހުޅުދުއްފާރު ދެކުނު އަވަށުގައި މިސްކިތެއް ބިނާކުރުމަށް ބައިވެރިވުމުގެ ފުރުސަތު
21 Aug 2026 ހަބަރު

ހުޅުދުއްފާރު ދެކުނު އަވަށުގައި މިސްކިތެއް ބިނާކުރުމަށް ބައިވެރިވުމުގެ ފުރުސަތު

ރ. ހުޅުދުއްފާރުގެ ދެކުނު އަވަށުގައި 250 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް އެހީވުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުއަށް އިސްނެގި އާއިލާއިން ވަނީ ޖުމްލަ ޚަރަދުގެ 20 އިންސައ...

ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދާ ގުރުއާން ކުލާސްތައް ފަށައިފި
29 Mar 2026 ހަބަރު

ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދާ ގުރުއާން ކުލާސްތައް ފަށައިފި

ކުޑަކުދިން ގުރުއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީއާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދާ ގުރުއާން ކްލާސްތައް މިއަދު ފަށައިފިއެވެ. މިއީ، ހުޅުމާލޭގައި ގުރުއާން ކްލ...

”ކެމްލެބް“ ގެ ބޮޑު ރޯދަ ވީއްލުން މިއަދު ހިޔާ ޕާކުގައި
06 Mar 2026 ހަބަރު

”ކެމްލެބް“ ގެ ބޮޑު ރޯދަ ވީއްލުން މިއަދު ހިޔާ ޕާކުގައި

ކެމްލެބް (Chemlab) ގެ ފަރާތުން ހަދިޔާކުރާ ބޮޑު ރޯދަވީއްލުން މިއަދު ހަވީރު ހުޅުމާލެ ފޭސް 2 ގައި ބޭއްވުމަށް ނިންމައިފިއެވެ. މި ރޯދަވީއްލުމަކީ ކެމްލެބާއި އިތުރު ބައެއް ޖަމިއްޔާތަކާއި މުއައްސަސާތައް ގުޅިގ...

މިއަދު ހުޅުމާލޭ ރަޝީދު މިސްކިތުގައި ހުކުރު ކުރައްވާނީ އަދުނާން މެންކު
27 Feb 2026 ހަބަރު

މިއަދު ހުޅުމާލޭ ރަޝީދު މިސްކިތުގައި ހުކުރު ކުރައްވާނީ އަދުނާން މެންކު

ޒިންބާބްވޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަދުނާން މެންކު، ހުޅުމާލޭގައި ހުންނަ މަސްޖިދު ރަޝީދުގައި މިއަދު ހުކުރު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރަޝީދު މިސްކިތުގައި ހުކުރު ކުރައްވައި، ހުކުރ...

ޝެއިޚް އަދުނާންގެ ދަރުސްތައް ފަށައިފި، ދަރުސް އޮންނާނީ މަސްޖިދުލް އީމާންގައި
24 Feb 2026 ހަބަރު

ޝެއިޚް އަދުނާންގެ ދަރުސްތައް ފަށައިފި، ދަރުސް އޮންނާނީ މަސްޖިދުލް އީމާންގައި

ޒިންބާބުވޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަދުނާން މެންކުގެ ޚާއްސަ ސިލްސިލާ ދަރުސްތަކެއް މަސްޖިދުލް އީމާންގައި ފަށައިފިއެވެ. އަލް ޢަސްރު ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި ސި...