”ކެމްލެބް“ ގެ ބޮޑު ރޯދަ ވީއްލުން މިއަދު ހިޔާ ޕާކުގައި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކެމްލެބް (Chemlab) ގެ ފަރާތުން ހަދިޔާކުރާ ބޮޑު ރޯދަވީއްލުން މިއަދު ހަވީރު ހުޅުމާލެ ފޭސް 2 ގައި ބޭއްވުމަށް ނިންމައިފިއެވެ.
މި ރޯދަވީއްލުމަކީ ކެމްލެބާއި އިތުރު ބައެއް ޖަމިއްޔާތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ ތެރޭގައި އެހީ ޖަމިއްޔާ، އަލް އަޞްރު، ކޮމަނާސް ޖަމިއްޔާގެ އިތުރުން ހުޅުމާލެ ޕޮލިސް ހިމެނެއެވެ.
މި އިޖުތިމާއީ ބޮޑު ރޯދަވީއްލުން އޮންނާނީ މިއަދު ހަވީރު ހުޅުމާލެ ފޭސް 2 ގެ ހިޔާ ޕާކުގައެވެ. ހިޔާ ޕާކު ހުންނަނީ ފޭސް 2 ގެ 3 ވަނަ ބަސް ހުއްޓި ކައިރީގައެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައިވާ ގަޑިއަކީ މިއަދު ހަވީރު 5:30 އެވެ.
މިއީ މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށާއި، ރޯދަމަހުގެ ބަރަކާތާއި އުފާވެރިކަން އެންމެންނަށް ހިއްސާކުރުމުގެ މަގުސަދުގައި ބާއްވާ ހަރަކާތްތަކެކެވެ.
ކެމްލެބުން ވަނީ ވީހާވެސް ގިނަ ބަޔަކު މި ރޯދަވީއްލުމުގައި ބައިވެރިވުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް