ސައުދީ ކަދުރު ލިބޭނީ ފަގީރުންގެ ލިސްްޓްގައިވާ ފަރާތްތަކަށް
ސައުދީން މިއަހަރު ރާއްޖެއަށް ގެނައި ކަދުރުތައް ބެހުމުގައި، މިދިޔަ އަހަރުގެ ފަގީރުންގެ ދަފްތަރު ބޭނުންކުރުމަށް ނިންމައިފިއެވެ.
އެގޮތުން އެ ލިސްޓްގައި 8000އެއްހާ ފަރާތްތައް ތިބިކަން ފާހަަގަކޮށްލެވެއެވެ.
ކަދުރު ބެހުމުގެ ކަންކަން ކުރިއަށްގެންދާނީ އިސްލާމިކް މިނިސްްޓްރީއާއި، މާލޭ ސިޓީ ކައުންސިލާއި ރަށްްރަށުގެ ރަށު ކައުންސިލުތަކުންނެވެ.
އިސްލާމިކް މިނިސްޓްރީން މިހާތަނަށް ވަނީ 31 ރަށެއްގެ ކައުންސިލާއި ކަދުރު ޙަވާލުކޮށްފައެވެ.
މި ކަދުރުތައް ބަހާނީ ފަގީރުންގެ ދަފްތަރުގައި ޖެހިފައިވާ ކޮންމެ ގެބީސީއަކަށް 1 ޕެކެޓް ކަދުރުގެ އުސޫލުންނެވެ.
ފަގީރުންގެ ގޭބިސީތަަކަށް ކަދުރު ބެހުމަށްފަހު ބާކީވާ ބައި ކުރިން އަންނަ ފަރާތްތަކަށް ބެހުމަށް ވަނީ ހަމަޖައްސާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް