ޖަމްއިއްޔަތުލް ސަލަފް އުވާލުމަށް ޖާބިރު ގޮވާލައްވައިފި
މަޝްހޫރު ދީނީ ޖަމްެއިއްޔާއެއްކަމުގައިވާ ޖަމްއިއްޔަތުލް ސަލަފް އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި ޑީއާރްޕީގެ ލީޑަރ ގޮވާލައްވައިފިއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖާާބިރު ވިދާޅުވީ ގާނޫނު އަސާސީން ރާއްޖޭގައި އޮންނާނީ އިސްލާމްދީންކަމަށާއި އުޅޭނީ ސުންނީ މުސްލިމުންކަމަށް ބުނެފައިވާ ކަމަށާއި ވަކި ޖަމާއަތަކަށް ނުވަތަ މިނިސްޓްރީއަކަށް އިސްލާާމްދީން ހަވާލުކޮށްފައި ނުވާނެކަމަށެވެ. އަދި އިސްލާމްދީނުގެ މަގު ދައްކަން މިނިސްޓްރީއަކާއި ޖަމްއިއްޔާތައް އޮންނަން ނުޖެހޭނެކަމަށް ޖާބިރު ވިދާޅުވިއެވެ.
އެބޭފުޅާ ވަނީ އިސްލާމިކް މިނިސްްޓްރީ މިހާރުން މިހާރަށް އުވާލުމަށް ގޮވާލައްވާފައެވެ.
އަދި ޖާބިރު ވަނީ ސަލަފު ޖަމްއިއްޔާ އުވާލައި އެ ޖަމްއިއްޔާތަކަށް ނިސްބަތްވާ ފަރާތްތައް ހިފާ ހައްޔަރު ކުރުމަށް ސަލާމަތީ ބާރުތަކަށްވެސް ގޮވާލައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް