ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ދެމިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅަނު ބަންގްލަދޭޝް މީހަކު އަތުލައިގަނެފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ބުނީ، ތިން ކިލޯގެ މަސްތުވާތަކެއްޗާއި އެކު އަތުލައިގެންފައިވަނީ އުމުރުން 36 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ޝައްކު ކުރެވިގެން، ބަލައި ފާސް ކުރިއިރު، މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ ލަގެޖްގެ ތެރެއިން ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
ކަސްޓަމްސްއިން ބުނީ އެމީހާގެ އަތުން އަތުލައިގެން މަސްތުވާތަކެތި ޓެސްޓްކުރުމުން، ކެނަބިސްއަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އެތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ނުވައްލައްކަ ސާޅީސް އަށް ހާހަށް އަރާނެކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް