އުރީދޫއިން މީޑިއާތަކަށް ހާއްސަކޮށް އޭއައިއަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އުރީދޫ މޯލްޑިވްސްއިން މީޑިއާތަކަށް އަމާޒުކޮށްގެން އޭއައިއާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކުރިއަށްގެންގޮސްފިއެވެ.
މިއީ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް ޝިއާރުގެ ދަށުން އިސްނަގައިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްކަމަށް އެކުންފުނިން ބުނެއެވެ. އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް އިނީޝިއޭޓް ފަށާފައިވަނީ މީގެ 10 އަހަރު ކުރިންނެވެ.
އުރީދޫއިން ބުނީ މީޑިއާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އޭއައިއޭގެ އާއްމު މައުލޫމާތާއި، މީޑިއާގައި އޭއައިއޭ ބޭނުންކުރުމާއި އެތިކްސްފަދަ ކަންކަމާ ގުޅޭގޮތުން ވަނީ ހިޔާލު ބަދަލުކޮށްފައެވެ. މީގެ އިތުރުން އޭއައި ޓެކްނޮލޮޖީއަށް މީހުން އަހުލުވެރިކުރުވުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން މި ޕްރޮގްރާމުގައި ވަނީ އުރީދޫ މޯލްޑިވްސްއިން މިހާތަނަށް ކުރިއަށްގެންދިޔަ އޭއި ޓެކްނޮލޮޖީގެ ބައެއް ކަންކަން ކުރިއަށްދިޔަގޮތުގެ ތަޖްރިބާތައް ހިއްސާކޮށްފައެވެ. މިގޮތުން އުރީދޫއިން އުފައްދާފައިވާ އޭއައި ޗެޓްބޮޓް ދައްކާލައި އެ ތައްޔާރުކުރުމުގައި ބަލާފައިވާ ކަންކަމާ ގުޅޭ އުސްއަލިތައް ވަނީ ހިއްސާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް