ޑރ. އިލްޔާސްގެ މަންމަ ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިލްޔާސް ހުސައިންގެ މަންމަ އައިޝަތު ދިޔެ ނިޔާވެއްޖެ އެވެ.
އައިޝަތު ދިޔެ ނިޔާވީ މިރޭ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ހާލު ދެރަވެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ނިޔާވީ އުމުރުން 91 އަހަރުގަ އެވެ.
އިލްޔާސްގެ އާއިލާގެ ގާތް މީހަކު ބުނި ގޮތުގައި ހާލު ދެރަވެ އައިޝަތު ދިޔެ އެޑްމިޓް ކުރިއިރު ޝެއިހް އިލްޔާސް ހުންނެވީ އުމްރާގެ އަޅުކަމަށް މައްކާގަ އެވެ. ނަމަވެސް ނިޔާވުމުގެ ވަގުތުތަކެެއް ކުރީން ޝެއިހް ވަނީ ރާއްޖެ އައިސް އައްޑޫއަށް ގޮސްފަ އެވެ.
ނިޔާވީ ދެމައިން ބައްދަލްވިތާ މަދުވަގުތުކޮޅެއްގެ ފަހުންނެވެ.
އައިޝަތު ދިޔެގެ މައްޗަަށް ކަށުނަމާދު ކުރުން އޮންނާނީ މާދަމާ ހެނދުނު އީދު ނަމާދަށް ފަހު އައްޑޫ ސިޓީ ހިތަދޫ މަސްޖިދުލް އިކްރާމް (ފަޒާ މިސްކިތް)ގަ އެވެ.
ޑރ. އިލްޔާސްގެ އިތުރުން ޝެއިހް އިދްރީސް އަކީ ވެސް އައިޝަތު ދިޔެގެ ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް