އެކްޓީން ސީޕީ ނަވާޒްގެ އެދުމަކަށް އިބޫ ބައްދަލުކުރައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ނިމިދިޔަ ރިޔާސީ އިންތިޔާބު ކާމިޔާބުކުރެއްވި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މިއަދު ބައްދަލުކުރައްވައިފިއެވެ.
އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕޯކްސްޕާސަން މާރިޔާ އަހްމަދު ދީދީ ވިދާޅުވިގޮތުގައި މި ބައްދަލުވުމަކީ އެކްޓިން ސިޕީ ނަވާޒްގެ އެދިވަޑައިގަތުމަކަށް ކުރެއްވި ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި ނަވާޒު އިބޫއަށް މަރުހަބާ ދަންނަވައި ސަރުކާރުގެ ބާރުތައް ބަދަލު ކުރުމުގެ ކަންކަން ވީހާވެސް ސުލްހަވެރިކޮށް ގެންދިޔުމަށް މަޝްވަރާ ކުރައްވާފައިވެއެވެ.
ދައުލަތުގެ އިސްވެރިން އިންތިހާބުވާ ރައީސްއާ ބައްދަލު ކުރައްވައި މަރުހަބާ ދެންނެވުން ކުރީގެ ސަޤާފަތާއެއްގޮތަށް ކުރިއަށްދާދިޔުން އެކަމަނާ ވަނީ ފާހަގަކުރައްވައި އެކަމާ އުފާ ކުރައްވާކަން ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް