އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކަށް ސާބެ ހަމަޖައްސައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކަށް މއ.ޗަނބޭލީމާގެ އަހުމަދު ޝާހިދު (ސާބެ) ހަމަޖައްސައިފިއެވެ.
މީގެ ކުރިން އެޕާޓީގެ ރެޖިސްޓަރ ޖެނެރަލްކަމާއި އީސީގެ މެންބަރުކަންވެސް ކުރައްވާފައިވާ ސާބެ މި މަގާމަށް ހަމަޖެއްސިކަން އެމްޑީޕީގެ ފަރާތުން ވަނީ ޔަގީންކޮށްދީފައެވެ.
އެމްޑީޕީން ވަނީ މިފަހަރުގެ މަޖިލިސްެ އިންތިޚާބަށް ޚާއްސަކޮށްގެން ކެމްޕެއިން އޮފީހެއްވެސް ހުޅުވާފައެވެ.
މި ކެމްޕެއިން އޮފީސް ހުންނަނީ މއ.މަޒާގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް