އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ.. ފޮޓޯ: ބެއިން ސްޕޯޓް
އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ.. ފޮޓޯ: ބެއިން ސްޕޯޓް
ކުޅިވަރު 19 Feb 2026 | 03:44

ތާވަލްގެ އެންމެ ފުލުގައި އޮތް ވުލްވުސް އަތުން މޮޅުނުވެ އާސެނަލަށް ނުތަނަސްކަން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އާސެނަލް، ތާވަލްގެ އެންމެ ފުލުގައި އޮތް ވުލްވްސް އަތުން ބަލިވެ، ލީގް ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ. މެޗްގައި އެންމެ ފާހަގަކޮށްލެވުނީ އާސެނަލުން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް މެޗް އެއްވަރުވުމެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީވެސް އާސެނަލްއެވެ. އެއީ މެޗް ފަށައިގެން ފަސް މިނެޓް ތެރޭގައި ސާކާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ސާކާގެ ލަނޑަށްފަހު އާސެނަލްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ ފަހު ހާފްގެ 56 ވަނަ މިނެޓް ތެރޭގައި ހިންކޭޕީއެވެ. މެޗްގައި ވުލްވްސްގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ 61 ވަނަ މިނެޓްތެރޭގައެވެ. އެއީ ހޫގޯ ބުއޭނޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗްގައި ފެނިގެންދިޔަ ފަހު ލަނޑަކީ އާސެނަލްގެ ޑިފެންޑަރުންގެ އަތުން ބައިކޮޅަށްވަތް ލަނޑެކެވެ.

މެޗަށްފަހު އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ސްކައި ސްޕޯޓްސް އާ ވާހަކަދައްކަމުން ބުނީ މިއީ ގަބޫލުކުރަން އުނދަގޫ ނަތީޖާއެއް ކަމަށާއި، މިމެޗުން އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން މޮޅުވުމުގެ ރޫހު ފެނިފައި ނުވާކަމަށެވެ. ނަތީޖާ ކިތަންމެހާވެސް ލަދުވެތިކަން ފާހަގަކުރަމުން އަޓޭޓާ ބުނީ މިކަމުގެ ޒިންމާ އޭނާ އާއި މުޅި ޓީމުން ނަގާކަމަށެވެ.

އަޓޭޓާ ބުނީ މި ދަނޑިވަޅުގައި ފާޑުކިޔުމުގެ ބަދަލުގައި ސަޕޯޓަރުންނާއި ޓީމް އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ.

މި ދަނޑިވަޅުގައި އަހަރެމެން ސާބިތުކޮށްދޭންވީ ޓީމުގެ ހަގީގީ ފެންވަރާއި ހިތްވަރާއެކު ތެދުވާންޖެހޭކަން

އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ

އަޓޭޓާ ބުނީ އާސެނަލްގެ ކުޅުން މި ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެއްފެންވަރެއްގައި ހިފެހެއްޓިފައިނުވާކަމަށެވެ.

މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ބުކާޔޯ ސާކާ ބުނީ މިއީ ހެދުނު ގޯސްތައް ރަނގަޅުކޮށް ކުރިއަށްދާންވީ ވަގުތު ކަމަށެވެ. އާސެނަލްގެ ކިބާގައި މޮޅުވުމުގެ ފެންވަރުހުރިކަން ފާހަގަކުރަމުން ސާކާ ވަނީ ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނީ އެއް ރޫހެއްގައި ކަމަށެވެ.

ޕްރިމިއާ ލީގް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު ތާވަލްގެ އެއްވަނާގައި 58 ޕޮއިންޓާއެކު އާސެނަލް އުޅޭއިރު ދެވަނާގައި މެންޗެސްޓަރ ސިޓީ އޮތީ 53 ޕޮއިންޓާ އެކުގައެވެ.

ޕްރިމިއާ ލީގް ތާވަލް

ޕްރިމިއާ ލީގްގައި ދެން އެންމެ އަވަހަށް މެންޗެސްޓަރ ސިޓީ ނިކުންނާނީ ނިއުކާސަލް ޔުނަިއޓެޑާ ދެކޮޅަށް މިމަހުގެ 22 ވަނަ ދުވަހުއެވެ. އެމެޗުން ސިޓީ މޮޅުވެއްޖެ ނަމަ އާސެނަލްއާ ދެމެދުއޮތް ފަރަގް 2 ޕޮއިންޓަށް ކުޑަވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...