ޗައިނާ ސަރުކާރުގެ ސްކޮލާޝިޕްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ޗައިނާ ސަރުކާރުން ދިވެހިންނަށް ޚާއްސަކޮށްފައިވާ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަދު އިއުލާންކޮށްފައި ވަނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން އޮފާކުރާ ކޯސްތަކުގެ ތެރެއިން ދިވެހިންނަށް ފުރުސަތު ހުޅުވާލާފައި މިވަނީ ރާއްޖޭގައި ސްކިލްޝޯޓޭޖް ލިސްޓްގައި ހިމެނިފައިވާ ދާއިރާތަކުގެ ކޯސްތަކެވެ.
އެގޮތުން 04 ބެޗްލާސް ޑިގްރީ އާއި 02 މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީ ސްކޮޕަލިޝަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެފައިވާ ގޮތުގައި މި ސްކޮލާޝިޕްތަކާއި ބެހޭ މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.
ސްކޮލާޝިޕްތަކަށް އެދި ހުށަހެޅުމުގެ ފަހު ތާރީޚަކީ މާޗް މަހުގެ 28 ވަނަ ދުވަހެވެ.
ޗައިނާ އިން ދޭ ސްކޮލާޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީގެ ކޯސްތައް ކުރިއަށް ގެންދާނީ ޗައިނީޒް ބަހުންނެވެ. އެ ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން 1 ނުވަތަ 2 އަހަރު ދުވަހު ޗައިނީސް ލެންގްއޭޖް ކޯހެއް ފުރިހަމަ ކުރަންޖެހޭނެއެވެ.
މާސްޓާސް އަދި ޕީއެޗްޑީ ސްކޮލާޝިޕްތަކަށް ހޮވޭ ފަރާތްތަކުން ކިޔަވަންޖެހޭ ބަހެއް އެނގޭނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލްއިން ޕްލޭސްމަންޓް ލިބުމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް