ހައުސިން މިނިސްޓްރީން ހިންގަނީ ޖަރީމާއެއް: އައްޑޫ ސިޓީ ޑެޕިޔުޓީ މޭޔަރ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އައްޑޫ ސިޓީން ގޯތި ދޫކުރުމުގެ ނަމުގައި ހައުސިން މިނިސްޓްރީން ހިންގަނީ ޖަރީމާއެއް ކަމަށް އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު ޔަސްރީފް ވިދާޅުވެއްޖެއެވެ.
އޭނާވަނީ ހައުސިން މިނިސްޓްރީން އައްޑޫއިން ގޯތި ދޫކުރުން ހުއްޓާލުމަށް ގޮވާލައި އެކަން ނުހުއްޓައިފި ނަމަ ރައްޔިތުން ނިކުމެ އެ މަސައްކަތް ހުއްޓުވަން ޖެހިދާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީއަށް ދެއްވާފައެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބްގައި އައްޑޫގެ %70 ރައްޔިތުން ވަނީ ވަރަށް ސާފުކޮއް މުއިޒްގެ މިނިސްޓަރ ކަމާ ދެކޮޅުކަމަށް ހާމަކޮއްދީފައި ކަމަށްވެސް ޑެޕިޔުޓީ މޭޔަރ ޔަސްރިފު ވިދާޅުވިއެވެ.
އައްޑޫސިޓީގައި ހައުސިންގ މިނިސްޓްރީން އެންމެ ފުރަތަމަ އިޢުލާން ކޮއްފައިވަނީ 400 ގޯތި ދޫކުރުމަށެވެ. އަދި އޭގެ ފަހުން އިތުރު 50 ގޯއްޗެއް ދޫކުރުމަށް ހައުސިން މިނިސްޓްރީންވަނީ ނިންމާފައެވެ.
ހައުސިން މިނިސްޓްރީގެ އައްޑޫ ގޮފިން ވަނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް