ބާކީ ފަސް ދައުވާ މާނުގެ މައްޗަށް ސާބިތެއް ނުވި، އިސްތިއުނާފު ކުރަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ ފަސް ދަޢުވާ ސާބިތުނުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފި އެވެ.
މި ފަސް ދަޢުވާ ސާބިތުނުވާކަމަށް ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއްނެތި، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
އެހެންކަމުން، ސާބިތުނުވާކަމަށް ކަނޑައެޅުއްވި 5 ދަޢުވާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޤަޞްދުކުރާ ކަމަށް ބުންޏެވެ.
ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބުމުންކަމަށްވާތީ، އެ ރިޕޯޓް އެ އޮފީހަށް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނެ ކަމަށެވެ.
މި މައްސަލާގައި ޢަބްދުالله މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 2 ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، ޢަބްދުالله މައުމޫން 12 އަހަރާއި، ނުވަ މަހާއި، 18 ދުވަހަށް ޖަލަށްލުމަށް 29 ސެޕްޓެންބަރު 2025 ގައި ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް