ޓެކްސީން ޖެހުނު އަންހެންމީހާ މަސްދުވަހަކަށްފަހު ހޭ އަރައިފި
މިދިޔަ މަހުގެ 12ވަނަ ދުވަހު މާލޭ ސެނެހިޔާ ކުރިމަތި ކަފިހި ހުރަހުން ހުރަސްކުރަނިކޮށް ހިނގި އެކްސިޑެންޓެއްގައި ކޯމާއަކަށް ދިޔަ އަންހެންމީހާ މަސްދުވަހަށްވުރެ ގިނަ ދުވަސްފަހުން ހޭ އަރައިފިއެވެ.
އެދުވަހުގެ ހަވީރު ހިނގި މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވީ އުމުރުން 45އަހަރުގެ އަންހެނަކަށެވެ. އެ އަންހެންމީހާއަށް ދިޔައީ އެދުވަހުން ފެށިގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.
އެ އަންހެންމީހާގެ ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ފަރުވާދެމުން ގެންދިޔައީ ވެންޓިލޭޓަރ ގައި ބާއްވައިގެންނެވެ.
މި ހާދިސާގައި ޝާމިލްވާ ޓެކްސީ ދުއްވަން އިން މީހާގެ ލައިސެންސް ވަނީ ދެ އަހަރަށް ހިފަހައްޓައި، އޭނާގެ ޓެކްސީގެ ހުއްދަ ބާތިލްކޮށްފައެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓާއި ގުޅިގެން ކާރު ދުއްވަން އިން މީހާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް