N/A
N/A
ހަބަރު 05 Jun 2019 | 20:54

މިނިސްޓަރ ޝާހިދު ފެންނަނީ އިންޑިއާގެ ތަރުޖަމާނު ގޮތުގައި؟

އިންޑިއާ އަދި ރާއްޖޭގެ ހީނަރުވެފައިވާ ގުޅުން މިވަނީ އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަން އައުމާއެކު ވަރަށް ބޮޑުތަނުން ބަދަހިވެފައެވެ. މިސަރުކާރުގައި މި ގުޅުން މިގޮތުގައި ދެމެހެއްޓުމުގެ ޒިންމާ އަދާކުރައްވާ އެއް ބޭފުޅަކީ ހާރިޖީއްޔާގެ ތަޖުރިބާ ކާރު އަބްދުﷲ ޝާހިދެވެ.

އިންޑިއާގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރު ފުޅާއެކު ފޮރިން މިނިސްޓްރީން އަންނަނީ އެ އިންތިޒާމްގެ ކަންކަން ހަމަޖައްސަވަމުންނެވެ. ނަމަވެސް އިންތިޒާމްތަކުގެ ބޭރުން އިންޑިއާއަށް ޙާއްސަ އިސްކަމެއް ދެއްވައިގެން މޯދީ ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ހާއްސަ ކެންޕެއިންެއެއް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިވަނީ ފައްޓަވާފައިކަން ފާހަގަކުރެވެއެވެ. މިއީ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި، އަދި މީޑީއާތަކުގެ ބޭފުޅުން މިނިސްޓްރީއާއި ކުރައްވާ ސުވާލެވެ. ނުވަތަ ކުރައްވާ ތުހުމަތެކެވެ.

ޝާހިދާއި އިންޑިއާގެ މާޒީގެ ގުޅުންތަކާއި ތުހުމަތުތައް

އަބްދުﷲ ޝާހިދާއި އިންޑިއާގެ ގުޅުމަކީ މީގެ ކުރީގެ މާޒީއެއްއޮތް ކަމަކަށްވުމަކީ މިފަދަ ސުވާލު ކުރެވޭ އެއް ސަބަބެވެ. އެންމެ ފަހުގެ ތާރީހުގައި ހިނގާފައިވާ ކަންކަމުން ވެސް އަބްދުﷲ ޝާހިދާއި އިންޑިއަގެ ގުޅުމާއި ވިސްނުން އެއްގޮތްކަން ފާހަގަކުރެއެވެ.

ރާއްޖެއާސް އިންޑިއާ ސިފައިން އެރުމަށް ޝާހިދު ވަނީ އެންޑީޓީވީގައި ތާއިދުކުރައްވައި ވާހަކަ ދައްކަވާފައި

2018 ވަނަ އަހަރުގެ ފެބްރުއަރީމަހު ސުޕްރީމް ކޯޓުގެ ކުއްލި އަމުރާއެކު ރައީސް ޔާމީންގެ ވަރުގަދަ ސަރުކާރު ކުޑަކަކުލަށް ތިރިވެގެންދިޔައެވެ. އޭގެ ބޭނުން ހިފައި އޭރުގެ އިދިކޮޅު އެމްޑީޕީން ވަނީ އިންޑިއާއަށް ރާއްޖެ މިހާލަތުން އަރައިގަތުމުގައި އެހީތެރިވުމަށް ގޮވާލައްވާފައެވެ. އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިންޑިއާގެ ސިފައިންގެ އެހީތެރިކަމަށް އެދޭފަދަ ގޮތަކަށް ކުރެއްވި ޓުވީޓު ފާހަގަކުރެވިގެންދިޔައެވެ. ދެން ފެނިގެން ދިޔައީ މިހާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާގެ މަޝްހޫރު އެންޑީޓީވީގައި ރާއްޖޭގެ އިސްތިގްލާލް ގެއްލޭ ގޮތަކަށް ދެއްކެވި ވާހަކަފުޅެވެ. އެގޮތުން ޝާހިދު ވަނީ ރާއްޖެއަށް އިންޑިއާ ސިފައިން އެރުމަށް ތާއިދުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެމްޑީޕީގެ ގިނަ ޢާއްމު މެންބަރުންގެ ފާޑުކިޔުންވެސް ވަނީ މިކަމަށް ލިބިފައެވެ.

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދަކީ ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ހޯދައިދިނުމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމާއި، އަދާލަތް ޕާޓީގެ ރައީސް ޝައިހް އިމްރާނާއި، އުމަރު ނަޝީރު ބޮޑެތި މުޒާހަރާ ކުރެއްވި އިރު އިދިކޮޅު މައި ޕާޓީގެ ލީޑާޝިޕްގެ އިސް ފަރާތެއްގެ ހައިސިއްޔަތުން ހަނު ހުންނެވި ބޭފުޅެއްގޮތުގައި އޭރުވެސް ފާހަގަވެގެން ގޮސްފައިވާ ބޭފުޅެކެވެ. އަދި އިންޑިއާގެ ޖީއެމްއާރ ކުންފުންޏާ އެކު ސިއްރު ޑީލްތަކެއް ޝާހިދު ހަދާފައިވާކަމަށް އޭރު ޑީއާރޕީގެ ޒެޑް ފެކްޝަން ލީޑްކުރައްވަމުން ގެންދެވި އުމަރު ނަޝީރު ވިދާޅުވެފައިވެއެވެ.

ޖީއެމްއާރާ ދެކޮޅައް ބޭއްވި ބައްދަލުވުންތަކުގައި ޝާހިދު ބައިވެރިވެފައިނުވޭ

އަބްދުﷲ ޝަހިދާއި އިންޑިއާގެ ގުޅުމުގެ ވާހަކަ ދައްކާއިރު 2010 ވަނަ އަހަރު އިންޑިއާގެ ޖީއެމްރާރާއި އޭރުގެ އިދިކޮޅު ޕާޓީ ޑީއާރޕީގެ އިސްވެރިން ރިޝްވަތު ނަންގަވައި ޑީލް ހެދިކަމުގެ ވާހަކަ ދެކެވުނެވެ. އެކަމުގައި ތުހުމަތު ކުރެވިފައިވާ ދެބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ ޖީއެމްއާރާ ދެކޮޅު އެއްވުންތަކުގައި ބައިވެރި ވަޑައިނުގަންނެވި އަޅުގަނޑުމެންގެ ފޮރިން މިނިސްޓްރ އަބްދުﷲ ޝާހިދެވެ. އަނެއް ބޭފުޅަކީ ޑީއާރޕީގެ ލީޑަރު ތަސްމީންއެވެ.

ޖީއެމްރާރ މައްސަލާގައި އޭރުގެ ބޭއްވި މުޒާހަރާތަކުން ޝާހިދު ފެނިފައިނުވުމަކީ މި ތުހުމަތުތަކަށް ބާރުލިބުނުކަމެކެވެ.

އެގޮތުން އޭރު ޑިއާރޕީތެރޭގައި އުފެދިފައިވާ ޒެޑް ފެކްޝަންއިން ލީޑް ކުރެއްވި އުމަރު ނަސީރުވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ތަސްމީން އެއް މިލިއަން ޑޮލަރު ރިސްވަތުގޮތުގައި ނަގާފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. އޭގެ ދުވަސް ކޮޅެއްފަހުން ނޮވެންބަރު 2010 ގައި ވަނީ އަބްދުﷲ ޝާހިދު އިންޑިއާގެ ޖީއެމްރާ ކުންފުންޏާއެކު ސިއްރީއާތުގައި ބައްދަލުކުރުމަށް ދަތުރުކުރެއްވި ޓިކެޓް ލީކް ކޮށްލާފައެވެ. މިޓިކެޓް ނަގާދީފައިވަނީ ޖީއެމްއާރުންކަން އުމަރު ވިދާޅުވެފައެވެ. އެގޮތުން ތަސްމީނާއި ޝާހިދު 2010 ވަނަ އަހަރު އޮކްޓޯބަރު 30 ވަނަ ދުވަހު ނިއު ދިއްލީއަށް ވަޑައިގެންނެވިކަން ދިވެހި މީޑިއާތަކަށް ތިލަވެގެންދިޔައެވެ.

އެމްޑީޕީ ވެރިކަމަށް - ޝާހިދު އިންޑިއާގެ ޕީއާރއަކަށް

އެމްޑީޕީގެ ފޮރިން ޕޮލިސީއަކީ އިންޑިއާ ފަސްޓް ޕޮލިސީއެވެ. މިކަން ތަންފީޒްކުރައްވަން ހުންނެވީ އިންޑިއާއެކު ސިއްރު ގުޅުންތަކެއް ބާއްވަމުން އަންނަކަމަށް ތުހުމަތުކުރެވިފައިވާ އަބްދުﷲ ޝާހިދެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމަށް 7 މަސް ވެގެންދިޔަ އިރު ޝާހިދު ވަނީ ރާއްޖޭގެ ތަސައްވަރު ބޭރު ދުނިޔޭގައި ރަނގަޅުކުރުމަށް ގިނަ ދަތުރުތަކެއްކޮށްފައެވެ. އާދަޔާ ޙިލާފަށް ގިނައިން މިވެރިކަން ގެނައުމަށް ބައިނަލް އަޤުވާމީ ގޮތުން ބުރަ މަސައްކަތެއް ކުރި އިންޑިއާއި އެމެރިކާއަށް ކައިރި ކައިރިން ގިނަ ދަތުރުތަކެއް ވަނީކޮށްފައެވެ.

އިދިކޮޅުން އަނެއްކާވެސް ފެށީ އިންޑިއާއެކު އެމްޑީޕީ ސަރުކާރުން ހަދަމުންދާ "ޑީލް" ގެ ވާހަކައެވެ. މިފަހަރުވެސް ޝާހިދުގެ މައްޗައް އިންޑިއާއެކު ޑީލްތަކެއް ހައްދަވާކަމުގެ ތުހުމަތުތައް އިހުނަށްވުރެ ބާރަށް ކުރެވެން ފެށިއެވެ.

ޝާހިދުގެ ދަތުރަށް ފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް ޝުޝްމާ ސުވަރާޖް ރާއްޖެ ވަޑައިގެން ރާއްޖެއަށް އިންޑިއާއިން ހިލޭ އެހީއެއް ހަމަޖައްސައިދެއްވިއެވެ.

އިންޑިއާ އާއި ރާއްޖެ ގުޅިގެން ބާއްވާ "ކޮންސިއުލާ ޓޯކްސް"

އިންޑިއާއިން ދިން ހިލޭ އެހީގެ 6,930,006.93 އެމެރިކާ ޑޮލަރުގެ ހަރަދުކުރަމުންދާ ގޮތުގެ ތަފްސީލް މިނިސްޓަރ ޝާހިދު ގެންދަވަނީ ވަރަށް އިސްކަމެއް ދެއްވައިގެން ޓުވީޓު ކުރައްވަމުންނެވެ. އިންޑިއާއިން ކްލާސް ރޫމްއެއް އަޅައިދިނަސް އެވާހަކަ ޓުވީޓު ކުރައްވައި ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ޙަބަރު ސާއިއު ކުރައްވަމުން ގެންދަވައެވެ.

އެގޮތުން ފާއިތުވި ދުވަސްތަކުގައި ހާޖީޔާގެ ޙަބަރުތައް ޙައްސަކުރެވިފައިވަނީ ހަމަ އެކަނި އިންޑިއާގެ އެހީ ތަކަށް ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހާރިޖީއާއިން ފާއިތުވި ދުވަސްތަކުގައި އިންޑިއާއިން ދިން ހިލޭ އެހީގެ އެތަކެއް ޚަބަރެއް "ވަކިވަކިން" ވަނީ ޝާއިއު ކުރެވިފައެވެ. ހާރިޖީއާގެ ސޯޝަލް މީޑިއާ ވެސް އެކުއެކީހެން އިންޑިއާގެ އެހީތަކުގެ ތަފްސީލް ގެނެސްދިނުމަށް މިވަނީ ހުސްވެފައެވެ.

މިކަމުގެ ޖަވާބުގައި މިނިސްޓްރީން ބުނަނީ މިއީ ހަމަޖެހުމުން ހާމަކުރަމުންއަން އެހީތަކެއްކަމުގައެވެ. މޯދީގެ ދަތުރުފުޅާއި ދުވާލަކު އެހީއެއް ރާއްޖެއަށް ލިބުމަކީ އިއްތިފާޤެއްކަމަށް ބެލެވޭނެ ޖާގައެއް ނެތެވެ.

މިހާހިސާބުން ކުރެވޭނެ ސުވާލަކީ އެހެން ޤައުމަކުން ރާއްޖެއަށް މިވީ 7 މަސްދުވަސްހުގެ ތެރޭ އެހީތެރިކަމެއް ފޯރުކޮށްދީފައިވޭތޯއެވެ.

އިންޑިއާ ނޫން ޤައުމުތަކުގެ އެހީގެ ވާހަކަތައް ފޮރިން މިނިސްޓްރީން ނުގެނެސްދެއެވެ.

އާއެކެވެ. މިއަހަރުގެ އޭޕްރިލް 15 ވަނަ ދުވަހު ޖަޕާން ސަރުކާރުން ވަނީ ރާއްޖޭގެ ފުލުހުންނަށް ހިލޭ އެހީގެ ދާށުން އެއްގަމު އުޅަނދާއި، ކަނޑު އުޅަނދު ފަހަރު ހަދިޔާކުރައްވާފައެވެ. އަދި އިބްރާހިމް މުހައްމަދު ޞަލިހްގެ ވެރިކަމުގެ އެންމެ ކުރީގައި ވަނީ އެމްއެންޑީއެފްއަށް އަލިފާން ނިއްވުމަށް ބޭނުންކުރާ ވެހިކަލްތަކެއް ޖަޕާނުން ހަދިޔާކޮށްފައެވެ. އަދި ހަމަ ޑިސެންބަރ 2018 ވަނަދުވަހު ވަނީ ޖަޕާނުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 30 މިލިއަން ރުފިޔާ ހަދިޔާކުރައްވާފައެވެ. މިއިން އެއްވެސް ވާހަކައެއް ހާރިޖީއާގެ ވެބްސައިޓުން ފެންނާކަށް ނެތެވެ. ފެންނަން ހުރީ އިންޑިއާގެ އެހީއާއި އިންޑިއާއާއި ރާއްޖެ ދެމެދުގައިވާ ގުޅުމުގެ ވާހަކައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...