ސަރުކާރުގެ އޮފީސްތަކުގައި ފަސޭހަކަމާއި އެކު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ
ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ މިނިސްޓްރީން އޮފީސްތަކާއި ކުންފުނިތަކުގެ ތެރެއިން މުވައްޒަފުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ ގޮތް ހަމަޖައްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ ފަސޭހައިން ނަމާދުކުރެވޭ ގޮތް ހަމަޖައްސާފައި ނުވާ ތަންތަން ދެނެގަތުމުގެ މަސައްކަތް ކަމަށެވެ.
އަދި އެފަދަ ތަންތަނުގައި ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މިނިސްޓަރ ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ އޮފީސްތަކުގައި ފަސޭހަކަމާއި އެކު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަން އިސްލާމިކް މިނިސްޓްރީން ފެށިއިރު ސަރުކާރުގެ އެންމެ ގިނަ މިނިސްޓްރީތައް ހުންނަ ވެލާނާގޭގައި ނަމާދު ކރުވޭނެ އިންތިޒާމް މިހާރު ވެސް ހަމަޖައްސާފައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް