ލީވާންގެ ހަށިގަނޑު މާލެ ގެނެސްފި، ޖަނާޒާ މިރޭ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އައްޑޫ ހަންކެޑެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް ގައި ނިޔާވި ޒުވާނާގެ ހަށިގަނޑު ގެނެސް މިރޭ ޖަނާޒާ ބޭއްވުމަށް ނިންމައިފި އެވެ.
ރޭސިން މުބާރާތަކަށް ގޮސް ހުރި އުމުރުން 24 އަހަރުގެ ލީވާން އަބްދުއްސައްތާރު ނިޔާވީ އައްޑޫ ބްރިޖު ބެންޑު ހިސާބުން ސައިކަލު ކޮންޓްރޯލް ނުވެ އެކްސިޑެންޓްވެ އެވެ. ބްރިޖުގެ ފެންސުގައި ޖެހި ލީވާންއަށް ވަރަށް އަނިޔާވި އެވެ.
ސައިކަލު ރޭސިންގައި ފާހަގަކޮށްލެވުނު ލީވާން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިތާ މާގިނައިރެއް ނުވެ ނިޔާވީ އެވެ.
މުބާރާތަށް އޭނާ އައްޑޫސިޓީއަށް ދިޔައީ މި ފަހުންނެވެ.
ލީވާންގެ ޖަނާޒާ އޮތީ މިރޭ 11:30 ގައި އާސަހަރާ މިސްކިތުގަ އެވެ.
މިއީ ހެންކެޑެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ. އެ ބްރިޖު އާންމުންނަށް ހުޅުވާލީ ދާދި ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް