އަނދިިރި ދައުލަތުންދަނީ ޝަރުއީ ނިޒާމާއި ގާނޫނުތަކާއި ވާދަކުރަމުން: ރައީސް ނަޝީދު
ދިވެހިރާއްޖޭގައި އުފެދިފައިވާ އަނދިރި ދައުލަތުން ދަނީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމާއި ގާާނޫނުތަކާއި ވާދަކުރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުޑިޝަލް އެކަމީން އިންތިޒާމު ކޮށްގެން ބާއްވާ ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާރ ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން ފާސްކުރާާ ބިލް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރި ނަމަވެސް އެ ގާނޫނު ކޮންމެހެން ނުދެމެހެއްޓިޔަސް ރަނގަޅު ކަމެއް ކަމަށް ދެކޭ މީހުން އެބަތިބި ކަމަށެވެ. އަދި ދިވެހިންގެ އަމަނާއި އާންމު މަސްލަހަތު ބަލަހައްޓަން ތިބި ފަރާތްތަކުން މިފަދަ މައްސަލަތައް ނުބަލައި ދޫކޮށްލަމުން ގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެބޭފުޅުން އެ އަނެއް ފަލްސަފާއަށް ލެނބެން ފަށައިފި. އަނދިރި ދައުލަތަށް ބައިއަތު ހިފައިފި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާާނު އިތުރަށް ވިދާޅުވީ ދިވެހިން އުޅެންޖެހޭ ގޮތް ބަދަލު ކުރަން ބަޔަކު ނުކުމެއްޖެކަމަށާއި މިއީ ފިކުރީ ހަނގުރާމައެއްކަމަށެވެ. އަދި މިއީ ގާނޫނެއްގައި ލިޔެގެން ވާނެ ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް