ޕީޖީގެ މަގާމަށް ޝަމީމް އައްޔަންކުރުމަށް ފޮނުވައިފި
ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރުމަށް އަލްެެއުސްތާޛު ހުސައިން ޝަމީމްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ކުރީގެ ޑެޕިއުޓީ ޕީޖީގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ޓްވިޓަރ މެދުވެރިކޮށް ކަށަވަރުކޮށްދެއްވާފައެވެ.
ރައީސް ޞާލިހު ވިދާޅުވީ ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި އާންމުކޮށް ޢިއުލާންކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ހ. ހިޔާކަން އަލްއުސްތާޛު ޙުސެއިން ޝަމީމު އެ މަޤާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދުމަށް މިއަދު ފޮނުއްވާފައިވާނެކަމަށެވެ.
ޕީޖީގެ މަގާމަށް މީހަކު އައްޔަންކުރުމާއި މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާނީ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކުގެ މައްޗަށް ރިއާޔަތްކޮށެވެ.
އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި މަގާމުން އިސްތިއުފާދެއްވާފައެވެ. އެކަމަނާ އެ މަގާމުން އިސްތިއުފާދެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އިތުބާރުނެތްކަމުގެ މައްސަލައެއް ބަލަމުން ދަނިކޮށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް