ސްޓެލްކޯގެ އޮފީސް: ފޮޓޯ/ ވޮއިސް
ސްޓެލްކޯގެ އޮފީސް: ފޮޓޯ/ ވޮއިސް
ވިޔަފާރި 22 Apr 2025 | 08:51

ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް"އާ ގުޅޭ މައުލޫމާތު ދިނުމަށް ސެޝަންތަކެއް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް" އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ސްޓެލްކޯއިން ބުނީ، މި ސްކޮލާޝިޕްތަކަށް ޝައުގޔވެރުވާ ފަރާަތްތަކަށް ޚާއްސަކޮށްގެން ބާއްވާ ވޯކް-އިން އިންފޮމޭޝަން ސެޝަންއެއް 24 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެ ދުވަހު ހެނދުނު 11:00 އިން 12:00 ބާއްވާ މި ސެޝަން އޮންނާނީ ސްޓެލްކޯގެ ޓްރެއިނިންގ ރޫމް (ފަސްވަނަ ފަންގިފިލާ)ގައި ކަމަށާ، މި ސެޝަންގައި މި ސްކޮލާޝިޕްތަކާއި ގުޅޭ ހުރިހާ މައުލޫމާތެއް ދެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އޮންލައިން އިންފޮމޭޝަން ސެޝަންއެއް ހަމަ އެދުވަހު، 13:00 އިން 14:00 އަށް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ސެޝަންއަށް ރަޖިސްޓަރ ވުމަށް އެދި [email protected] އީމެއިލް ފޮނުވުމުން މީޓިންގ ލިންކު ހިއްސާކުރެވިގެންދާނެ ކަމަށްވެސް ބުންޏެވެ.

'މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލަޝިޕް ސްކީމް'ގެ ސްކީމްގެ ދަށުން ހުޅުވާލާފައިވާ ބެޗެލާސް ޑިގްރީ ފެންވަރުގެ ކޯސްތަކުގެ ތެރޭގައި ހިމެނެނީ:

އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކް އިންޖިނިއަރިން ދާއިރާއިން އެއް ފުރުސަތު

މެކޭނިކަލް އިންޖިނިއަރިން ދާއިރާއިން 2 ފުރުސަތު

މި ސްކޮލަޝިޕްތަކަށް 24 އަހަރުން ދަށުގެ، ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އާއި ކޮމްޕިއުޓަ ސައިންސް ހިމެނޭހެން އޭލެވެލްގައި ދެ 'އޭ ސްޓާ' އަދި އޭއެއް ހޯދާފައިވާ ދަރިވަރުންނަށް ނުވަތަ އެއާ އެއް ފެންވަރެއްގެ އައިބީ ސެޓްފިކެޓެއް އޮތް މީހުންނަށް ކުރިމަތިލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ މި ސްކޮލަޝިޕަށް ހޮވާ ދަރިވަރުންނަށް ކޯސް ފީ، އެސްޓަބްލިޝްމަންޓް އެލަވަންސް، ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަން ބޭނުންވާ ފައިސާ، ދެކޮޅު ޓިކެޓ، ވިސާ ފީ އަދި ފޮތްތަކަށް ދޭ އެލަވަންސްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސްޓެލްކޯއިން ބުނީ ކޯސް ފެށުމުގެ ކުރިން ސްޓެލްކޯގައި އިންޓާންޝިޕެއް އަދި ކޯހަށް ފަހު ވެސް ސްޓެލްކޯގައި ހިދުމަތްކުރަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްޓެލްކޯގެ މަތީ މިންގަނޑަށް އައްޑޫގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިއްޖެ
01 Oct 2026 ހަބަރު

ސްޓެލްކޯގެ މަތީ މިންގަނޑަށް އައްޑޫގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިއްޖެ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ޤަބޫލުކުރާ މަތީ މިންގަނޑަށް އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށްޓަކައި އެންމެހައި މުވައްޒަފުން ކުންފުންޏާއެކު އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް...

މަގު ކޮނުމުގެ ތެރޭ ކޭބަލަށް ގެއްލުންދޭ ފަރާތްތަކުގެ އަތުން މަރާމާތުގެ ޚަރަދު ނެގުމަށް ސްޓެލްކޯ ނިންމައިފި
30 Sep 2026 ހަބަރު

މަގު ކޮނުމުގެ ތެރޭ ކޭބަލަށް ގެއްލުންދޭ ފަރާތްތަކުގެ އަތުން މަރާމާތުގެ ޚަރަދު ނެގުމަށް ސްޓެލްކޯ ނިންމައިފި

މަގު ކޮނުމުގެ މަސައްކަތްތަކުގެ ތެރޭގައި ކަރަންޓު ކޭބަލްތަކަށް ގެއްލުން ލިބި ޚިދުމަތް މެދުކެނޑޭ ހާދިސާތައް އިތުރުވަމުންދާތީ ގެއްލުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތުގެ އަތުން ޚަރަދު ހޯދުމަށް ސްޓެލްކޯ އިން ...

މަގު ކޮނުމުގެ މަސައްކަތް ކުރާއިރު ކަރަންޓު ވިއުގައަށް ގެއްލުމެއް ނުލިބޭނެ ގޮތަށް ކުރުމަށް ސްޓެލްކޯއިން އެދިއްޖެ
29 Sep 2026 ހަބަރު

މަގު ކޮނުމުގެ މަސައްކަތް ކުރާއިރު ކަރަންޓު ވިއުގައަށް ގެއްލުމެއް ނުލިބޭނެ ގޮތަށް ކުރުމަށް ސްޓެލްކޯއިން އެދިއްޖެ

ޢިމާރާތްކުރުމާއި މަގު ކޮނުމުގެ މަސައްކަތްތައް ޒިންމާދާރުކަމާ އެކު ކުރިއަށް ގެންދިއުމަށް ސްޓެލްކޯއިން އެދިއްޖެއެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބިންކޮނުމުގެ މަސައްކަތެއްގެ ތެރޭގައި ހައިވޯލްޓޭޖް ކޭބަ...

ހުޅުމާލޭ ފުރަތަމަ ފިޔަވަހީން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓުދީފި
28 Sep 2026 ހަބަރު

ހުޅުމާލޭ ފުރަތަމަ ފިޔަވަހީން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓުދީފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓުދީފިއެވެ. ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސ...

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ
28 Sep 2026 ހަބަރު

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެއެވެ. މިކަމާ ގުޅީގެން ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ...

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
20 Sep 2026 ހަބަރު

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި

‏ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ ބޯޑަށް، ބޭފުޅަކު އައްޔަނުކޮށްފި އެވެ. ކުންފުނީގެ ބެލެނިވެރި ފަރާތް، ޕީސީބީން މިއަދު ވަނީ އެކަން އިއުލާނު ކޮށްފަ އެވެ. ޕީސީބީން ބުނީ ...