ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
މިކަމާ ގުޅީގެން ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓް
އެ މައްސަލަ ދެނެގަނެ އަލުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. ނަމަވެސް، ކަރަންޓު ކެނޑުނީ ސީދާ ކީއްވެގެން ކަމެއް ސްޓެލްކޯއިން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ކަރަންޓުގެ ޚިދުމަތް އަލުން ލިބެން ފަށާނެ ވަގުތެއްވެސް އަދި އެ ކުންފުނިން ހާމަނުކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް