މާލޭގެ އިމާރާތަކުން މީހަކު ވެއްޓިއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭގެ ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޗާންދަނީ މަގުގައި ހުރި އެ އިމާރާތުގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ 10:30 ކަން ހާއިރުއެވެ.
އަދި ވެއްޓިފައިވަނީ 20 އަހަރުގެ އިންޑިޔާ ފިރިހެނެއް ކަމަށާ، އޭނާ ވެއްޓުނީ ސިޑި ގޮޅިން އެންމެ ތިރިއަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަދި އެ ވެއްޓުނު މީހާއަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށާ، އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން، އެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ވެއްޓިފައިވަނީ ކުރީގެ ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލްގެ ލޯ ފާމް ހުންނަ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާ އިންނެވެ.
ތަފްސީލް އަންނަނީ..
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް