އަސާސީ ވެކްސިންތަކުގެ ތެރޭގައި އިތުރު ދެ ވެކްސިނެއް ހިމަނައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އަސާސީ ވެކްސިންތަކުގެ ތެރޭގައި އިތުރު ދެ ވެކްސިނެއް ހިމަނައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބުނީ، މިއަދުން ފެށިގެން އަސާސީ ވެކްސިންތަކުގެ ލިސްޓަށް ނިއުމޯކޮކަލް އަދި ރޮޓާ ވައިރަސް ވެކްސިން އިތުރުކޮށްފައިވާ ކަމަށެވެ.
އަދި މިއަދުން ފެށިގެން މި ދެ ވެކްސިން ދޭން ފަށާއިރު އެ ދެ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން ދެ މަހާއި، ހަތަރު މަހާއި އަދި ހަ މަހުގައި ކަމަށް ވެސް އެ އެޗްޕީއޭ އިން ބުނެފައިވެ.
ނިއުމޯކޮކަލް ވެކްސިން އަކީ ނިއުމޯނިޔާ އަދި މެނިންޖައިޓިސް އިން ރައްކާތެރިވުމަށް ޖަހާ ވެކްސިނެކެވެ.
އަދި ރޮޓާވައިރަސް އަކީ ބޭރަށް ހިންގުމާއި ގިނައިން ހޮޑުލުން ފަދަ ކަންކަމުން ދުރުވުމަށް ދޭ ވެކްސިނެކެވެ.
މި ދެ ވެކްސިންވެސް މީގެ ކުރިން އޮތީ އޮޕްޝަނަލް ވެކްސިން ގެ ގޮތުގައެވެ. ނަމަވެސް އަސާސީ ވެކްސިންތަކުގެ ތެރޭގައި ހިމެނިގެން ދިއުމާއެކު މި ދެ ވެކްސިން ޖެހުން މަޖުބޫރު ވާނެއެވެ. އަދި ވެކްސިން އާސަންދައިން ކަވަރު ކުރާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް