މެސީގެ ހެޓްރިކާއެކު އާޖެންޓީނާއިން އަލްޖީރިއާ ބަލިކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ލިއޮނެލް މެސީގެ ހެޓްރިކާއެކު އާޖެންޓީނާއިން އަލްޖީރިއާ ބަލިކޮށްފިއެވެ.
ވަރލްޑްކަޕް ގްރޫޕް ޖޭގައި ކުޅުނު މިމެޗް އަލްޖީރިއާގެ މައްޗަށް އާޖެންޓީނާއިން ކުރި ހޯދީ 3-0 ގެނަތީޖާއިންނެވެ. މިމެޗްގައި ހުރިހާ ގޮތަކުންވެސް ތަރިއަކަށްވީ އާޖެންޓީނާގެ ލިއޮނެލް މެސީއެވެ. އޭނާ ވަނީ ތިންލަނޑު ޖަހައި ހެޓްރިކް ހެދުމުގެ އިތުރުން މުޅި މެޗްގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗް ފަށައިގެން އަށްވަނަ މިނެޓް ތެރޭގައި އަލްޖީރިއާއިން ލަނޑެއް ޖެހިނަމަވެސް ވީއާރު ބެލުމަށްފަހު ރެފްރީވަނީ އެއީ ލަނޑެއް ނޫންކަމަށް ނިންމާފައެވެ.
މެޗްގައި ފެނިގެންދިޔަ އާޖެންޓީނާގެ ފުރަތަމަ ލަނޑު މެސީ ޖަހާފައިވަނީ، 17 ވަނަ މިނެޓް ތެރޭގައެވެ. ދެވަނަ ލަނޑު 60 ވަނަ މިެނޓް ގައި ޖެހިއިރު، ތިންވަނަ ލަނޑު ޖަހާފައިވަނީ، 76 ވަނަ މިނެޓް ތެރޭގައެވެ. ތިންވަނަ ލަނޑު ޖެހިތާ އިރުކޮޅެއްގެ ތެރޭގައި ކޯޗް ވަނީ މެސީ ބަދަލުކޮށްފައެވެ.
މެޗްގައި އަލްޖީރިއާގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް މެސީ ފޮނުވާލާފައިވާއިރު، މީގެ ތެރެއިން ބައެއް ހަމަލާތައް އަލްޖީރިއާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް