ޗައިނާގެ ދެ ކުންފުންޏަކުން މުވައްޒަފުންނަށް ޑޭޓިންގް ޗުއްޓީ ދެނީ
ޗައިނާގެ ދެ ކުންފުންޏަކުން، މުވައްޒަފުންނަށް ޑޭޓްކުރުމަށް ޗުއްޓީ ދިނުމަށް ނިންމައިފިއެވެ.
ހަންގްޒޫ ސޮންގްޗެން ޕަރފޯމެންސް އަދި ހަންގްޒޫ ސޮންގްޗެން ޓުއަރިޒަމް މެނޭޖްމަންޓް ކުންފުނިން ޑޭޓިންގް ޗުއްޓީ ދިނުމަށް ހަމަޖެއްސީ އުމުރުން 30އަހަރުން މަތީގެ ކައިވެނި ނުކުރާ މުވައްޒަފުންނަށެވެ.
އެގޮތުން ޗައިނީޒް ނިއު އިޔަރގެ ޗުއްޓީގައި ލޯބިވެރިއެއް ހޯދައި، ޑޭޓްތަކަށް ދިއުމަށް އެކުންފުނިތަކުން ވަނީ އަންހެން މުވައްޒަފުންނަށް 8 ދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައެވެ.
އެކުންފުނިތަކުން މައުލޫމާތު ދޭގޮތުގައި މިކަން ކުރީ، ގިނަ އަންހެން މުވައްޒަފުންނަކީ މަސައްކަތުގެ ބުރަކަމާއި ހުރެ، ދިމާވާން އެދުނަސް ފިރިހެނުންނާއި ދިމާވާ ފަރާތްތަކަށް ނުވާތީކަމަށެވެ.
ޗައިނާގެ ގިނަ ކުންފުނިތަކުން ފަހަކަށް އައިސް މުވައްޒަފުންނަށް ދަނީ މިފަދަ ޗުއްޓީތައް ދެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް