ރަނިލްގެ ސެކިއުރިޓީންގެ އަދަދު އެންމެ ދިހަ ފުލުހުންނަށް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކޮޅުބުން މުހައްމަދު މުއައްލިމް އިބްރާހީމް
މަގާމުން ދުރުކުރެވިފައިވާ ސްރީލަންކާާގެ ކުރީގެ ބޮޑުވަޒީރު އަދި ޔޫއެންޕީގެ ލީޑަރ ރަނިލް ވިކްރަމަސިންހަގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެންމެ ދިހަ ފުލުހުން ބޭތިއްބުމަށް ލަންކާގެ ފުލުހުން ނިންމައިފިއެވެ.
ލަންކާާގެ ފުލުހުންގެ ތަރުޖަމާާނު ރުވަން ގުނަސޭކަރަ އާއި ހަވާލާދީ އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި 1008ފުލުހުން ކުރިން ބަލަހައްޓަމުން އައި ރަނިލްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެންމެ ދިހަ ފުލުހުން ބޭތިއްބުމަށް ނިންމީ ސްރީލަންކާގެ ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް، ޕުޖިތް ޖަޔަސުންދްރަގެ އަމުރުގެ މަތިން ކަމަށެވެ.
މިގޮތަށް އަމަލު ކުރިޔަސް، ރަނިލްގެ ސަލާމަތަށް ގެއްލުން ވިޔަ ނުދޭނެކަމަށްވެސް ރުވަން ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ލަންކާގެ ގާނޫނާއި އަމަންއަމާންކަމާައި ގުޅުންހުރި މިނިސްޓަރ ނަލިން ބަންޑާރަ ވަނީ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހާއި ހަމައަށް ރަނިލްގެ ސެކިއުރިޓީންގެ އަދަދު މަދުނުކުރުމަށް އެދި ރައީސް ސިރިސޭނާގެ އަރިހުން އެދި ދަންނަވާފައެވެ. އަދި މިކަމުގެ ސަބަބުން ރަނިލްގެ ފުރާނަފުޅަށް ވެދާނެ ނުރައްކަލެއްގެ ޒިންމާ ރައީސް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ނަލިން ވަނީ ވިދާޅުވެފައެވެ.
ގާާނޫނީ ސުވާލުތަކެއްގެ ތެރެއަށް ލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމު ވެއްޓުނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ވަކިކޮށް، އެމަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރި ހިސާބުން ފެށިގެންނެވެ. މި ދަނޑިވަޅުގައި ދެފަރާތުންވެސް ދަނީ ގާނޫނީ ބޮޑުވަޒީރުކަމަށް ދައުވާކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް