ވިނީޝިއަސް ޑި ލިޓް ކައިރިން ބޯޅައާއެކު ކުރިއަށްދިއުމަށް މަސައްކަތް ކުރަނީ
ވިނީޝިއަސް ޑި ލިޓް ކައިރިން ބޯޅައާއެކު ކުރިއަށްދިއުމަށް މަސައްކަތް ކުރަނީ
ކުޅިވަރު 09 May 2024 | 14:45

މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ވިނީޝިއަސް: ޑި ލިޓް

ބަޔާން މިއުނިކްގެ ނެދަލޭނޑްސް ޑިފެންޑަރު މަތައިސް ޑި ލިޓް ދެކޭގޮތުގައި މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ.

ޗެންޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ރެއާލް މެޑްރިޑް އަތުން ބަލިވެ ބަޔާން މިއުނިކު މުބާރާތުން ކެޓި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ޑި ލިޓް ބުނީ ޝައްކެއްވެސް ނެތި މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ވިނީޝިއަސް ކަމަށެވެ.

ވިނީޝިއަސްގެ ކުޅުމަށް ތައުރީފުކުރަމުން ޑި ލިޓް ބުނީ އޭނަގެ ސްޕީޑް ބާރުވެފައި ކޮއްޓުމައި ނެއްޓުން އެހާމޮޅުކަމަށެވެ. އަދި ބޮޑެތި މެޗުތަކުގައި މިސީޒަނުގައި ރެއާލް މެޑްރިޑްގެ އެންމެ ވަރުގަދަ ހަތިޔާރަކީ ވިނީޝިއަސް އެވެ. އެގޮތުން ބަޔާން މިއުނިކާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލް ދެ ލެގުގައި ވިނީޝިއަސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މިދެ މެޗުގައި ވެސް މޭން އިފް ދަ މެޗުގެ މަގާމު ހޯދާފައި ވަނީ ވިނީޝިއަސް އެވެ.

މީގެ އިތުރުން މިއަހަރުގެ ޗެންޕިއަންސް ލީގުގައި ކުޅުނު 9 މެޗުގައި ވިނީޝިއަސް ވަނީ ފަސް ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އިތުރު ފަސް ލަނޑުހެމަށް އެހީތެރިވެދީފައެވެ. އަދި މިސީޒަނުގެ ސްޕެނިޝް ސުޕަކަޕްގެ ޗެންޕިއަންކަން ރެއާލް މެޑްރިޑުން ހޯދިއިރު ވިނީޝިއަސް ވަނީ ފައިނަލުގައި ބާސެލޯނާ ކޮޅަށް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ.

މިސީޒަނުގައި ބާކީ ހަތަރު މެޗު އޮއްވައި ރެއާލް މެޑްރިޑުން ލީގު ޗެންޕިއަންކަން ކަށަވަރުކޮށްފައިވާއިރު، ލީގުގައި ކުޅުނު 24 މެޗުގައި ވިނީޝިއަސް ވަނީ 13 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އިތުރު ފަސް ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...