ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ ހަވާ އަރުވަނީ!
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، ހުޅުމާލޭ ފޭސް-2 ގެ ވިނަރެސް ފްލެޓް ދިމާ ބޭރުން މިރޭ 21:30 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށެވެ.
މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއްކަމަށާއި، މި ހަރަކާތް ކުރިއަށްދާނީ 5 މިނެޓެއް ހާއިރުކަމަށެވެ.
ތަފާތު މުނާސަބަތުތަކުގައި މާލެ ސަރަހައްދުގައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހަވާއެރުވުމުގެ ހަރަކާތްތައް ބާއްވާއިރު، އެ މަސައްކަތް ކުރަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ވިޔަފާރި އުސޫލުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް