ހުރަވީ ބިލްޑިންގެ ޝީޓުގަނޑެއް މަގުމައްޗަށް ވެއްޓިއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ހުރަވީ ބިލްޑިންގެ ޝީޓުގަނޑެއް މަގުމައްޗަށް ވެއްޓި އެ އިމާރާތުގެ ކައިރީގަ ޕާކު ކޮށްފަ ހުރި ސައިކަލު ތަކަކަށް ގެއްލުންވެއްޖެއެވެ.
އެ ސަރަހައްދުގައި ހުރި ސައިކަލުތަކަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ކަވަރު ގަނޑު ނެއްޓުން، ކުރޫން އެޅުން، އަދި ހުންގާނުތަކަށް ގެއްލުންވުން ހިމެނެއެވެ.
ޝީޓު ގަނޑު ވެއްޓި އުޅަނދުތަކަކަށް އެކިވަރުގެ ގެއްލުންވި ނަމަވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މީގެ ދެ އަހަރު ކުރިން ވެސް ހުރަވީ ބިލްޑިންގ އިން ވަނީ ޝީޓް ގަނޑެއް މަގުމައްޗައް ވެއްޓިފައެވެ. 2016 ވަނަ އަހަރު ހިނގި މި ހާދިސާގައި އެ ސަރަހައްދުން ހިނގާފަ ދިޔަ މީހަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް