މާލީ
މާލީ
ދުނިޔެ 18 Sep 2024 | 04:52

އަސްކަރީ މަރުކަޒަކަށް ހަތިޔާރު އެޅި ބަޔަކު ހަމަލާދިނުމުން މާލީގެ އެއާޕޯޓު ބަންދުކޮށްފި

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

މާލީގެ ވެރިރަށް ބަމާކޯގެ އަސްކަރީ އެއާޕޯޓަކާއި ޓްރެއިނިން ސެންޓަރަކަށް ދިން ހަމަލާގެ ޒިންމާ އަލްގައިދާ ޖަމާއަތުން އުފުލައިފި އެވެ.

ޖޭއެންއައިއެމް ގްރޫޕުން އަންގާރަ ދުވަހު އެ ޖަމާއަތުގެ މުވާސަލާތީ ޗެނަލްތަކުގައި ބުނެފައި ވަނީ "ހާއްސަ އޮޕަރޭޝަނެއް" ފަތިހުގެ ވަގުތެއްގައި "އަސްކަރީ އެއާޕޯޓާއި މާލީގެ ވެރިރަށުގެ މެދުގައި ވާ މާލިއަން ޖެންޑާމްސްގެ ޓްރެއިނިން ސެންޓަރަށް" އަމާޒުކޮށް ކުރިއަށް ގެންދިޔަ ކަމަށެވެ.

އަދި އެ ހަމަލާގެ ސަބަބުން ތަކެތީގެ ބޮޑެތި ގެއްލުންތަކެއް ލިބި، އަސްކަރީ ގިނަ މަތިންދާބޯޓުތަކެއް ހަލާކުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި އެތަށްބަޔަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ސިވިލް އެއާޕޯޓް ޓާމިނަލަށް ވަނުން ކޮންޓްރޯލް ކުރާ ޕޮލިސް ސްޓޭޝަން ކައިރީގައި ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ސެކިއުރިޓީ އާއި އެއާޕޯޓުގެ ވިދާޅުވި އެވެ.

މާލީގެ އަސްކަރިއްޔާއިން މީގެ ކުރިން ބުނެފައި ވަނީ އަސްކަރީ ފުލުހުންގެ މަރުކަޒަކަށް "ޓެރަރިސްޓުން" ވަނުމަށް ކުރި މަސައްކަތް ނާކާމިޔާބު ކޮށްލުމުން ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް