ސޫ ކީއަށް ކެނެޑާ އިން ދީފައިވާ ރަމްޒީ ރައްވެހިކަން އަތުލުމަށް ކެނެޑާއިން ނިންމައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިޔަންމާއަށް ޑިމޮކްރަސީ ގެނައުމަށް ކުރެއްވި މަސައްކަތާ ގުޅިގެން ސޫކީއަށް ކެނެޑާއިން ދީފައިވާ ރަމްޒީ ރަށްވެރިކަން އަތުލުމަށް ކެނެޑާގެ ޤާނޫނު ހަދާ މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފިއެވެ.
މި ނިންމުން ނިންމަފައިވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅައް މިޔަންމާގެ އަޝްކަރީޔާއިން ހިންގި ގަތުލު އާއްމު ހުއްޓުވުމަށް ސޫކީ ފެއިލްވެފައިވާތީއެވެ.
ސޫކީ އަކީ 1991 ވަނަ އަހަރު ނޮބެލް ހުލްހައިގެ އިނާމު ވެސް ލިބިވަޑައިގެންފައިވާ ފަރާތެކެވެ. މި މައްސަލާގައި ގިނަ ބަޔަކު ވަނީ ނޮބެލް ސުލްހައިގެ އިނާމު އަތުލުމަށް ވެސް ގޮވާލާފައެވެ.
ރޮހިންޖާ މުންސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާމާއި ގުޅިގެން މިޔަންމާގެ އަސްކަރިއްޔާގެ ލީޑަރުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހޭ ކަމަށް އދ. އިން މިދިޔަ މަހު ނެރުނު ތަހުގީގީ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް