ހުުޅުމާލޭ ކައުންސިލަރގެ މަގާމަށް އައްޒާމް އަމާޒުހިފައިފި
އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގައި އަލަށް އުފެދޭ އެއް ދާއިރާއަކީ ހުޅުމާލޭގެ ދާއިރާއެވެ. މި ދާއިރާގައި ގިނަ އަދަދެެއްގެ ރައްޔިތުން ދިިރިއުޅެމުންދާއިރު، ލާމަރުކަޒީ ނިޒާމުގެ ދަށުން މި ރައްޔިތުންވެސް ގިނަ ކަންތައްތަކަކަށް ދަނީ އެދެމުންނެވެ.
ހުޅުމާލޭގެ ކައުންސިލަރކަމުގެ މަގާމަށް ގިނަ ފަރާތްތަކަކުން އަމާޒުހިފާފައިވާއިރު، އޭގެ ތެރެއިން އެއްފަރާތަކީ އެ އަވަށުގެ ޒުވާނެއްކަމުގައިވާ އައްޒާމް ލަތީފެވެ.
އައްޒާމް ވަނީ މިމަހުގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ހުޅުމާލޭގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ނިންމާފައެވެ.

އޭނާއަކީ މިހާރުވެސް ހުޅުމާލޭގައި ހިންގާ އެމްޑީީޕީގެ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވާ ފަރާާތެކެވެ.
އައްޒާމް ވަނީ ހުޅުމާލޭގެ އެމްޑީޕީގެ މެންބަރުންގެ ކިބައިން އޭނާއަށް ވޯޓު ދިނުމަށް އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް