ޖާބިރު ބޭނުންފުޅުވަނީ ދުވަސްވީ މީހުންގެ އިނާޔަތް ދިހަހާސް ރުފިޔާއަށް ހަދަން!
އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް 10،000ރުފިޔާއަށް ހެދުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށައަޅުއްވައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތް 10000ރ. އަށް ބޮޑު ކުރަންށާއި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށާއި އެހީތެރިކަމެއް ނެތި، ކުދިން ބަލަހައްޓައިދޭ މީހުންނަށް 7500ރ.އަށް ހެދެން ޖެހޭނެކަމަށެވެ.
އަދި އެ ފައިސާގެ އިނާޔަތް އިތުރު ކުރަން ޖެހެނީ އާއިލާތައް ދަމަހައްޓާ، އުމުރުން ދުވަސްވީ މީހުންނަށް ގަދަރުވެރިކަމާއެކު މުޖުތަމައުގައި އުޅެވޭނެ ގޮތް ހެދުމަށް ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއްގެ ގޮތުގައި އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް