N/A
N/A
ހަބަރު 07 Nov 2018 | 09:52

"ކެރޮލައިނާ ރީޕާ" - ދުނިޔޭގެ އެންމެ ކުޅި މިރުސް

އަހަރުމެން ދިވެހިންގެ ތެރެއިން މަދު ބައެއް ފިޔަވައި ދެންތިބި އެންމެންނަކީވެސް އާންމު ގޮތެއްގައި ކުޅިކޮށް ކެއުމަށް ލޯބިކުރާ ބައެއްކަމާމެދު ޝައްކެއް ނެތެވެ.

އެ ގޮތޮން މިފަހަރު މި ބަލާލަނީ ދުނިޔޭގައި މިހާތަނަށް ހެއްދި އެންމެ ކުޅި މިރުހަށެވެ. މި މިރުސް ހައްދާފައިވަނީ އެމެރިކާގެ ކެރޮލައިނާއަށް ނިސްބަތްވާ އެޑް ކަރީއޭވެ.

ކުޅިކޮށް ކާހިތުން މިރުސް ހައްދަން ފަށާފައިވަނީ ކޮލެޖް ދުވަސްވަރުކަމަށާއި މި މިރުސް ހެއްދީ ގޯސްޓް މިރުހައި ގިތެޔޮ މިރުސް ކްރޮސް ބްރީޑްކޮށްގެން ކަމަށް އޭނާ ހާމަކުރިއެވެ.

މި މިރުސް ކެއީމަ ފުރަތަމަ ދޭނީ ފޮނި ރަހައެއް ކަމަށާއި ކުޅި ރަހަ އިހުސާސް ކުރެވެން ފަށާނީ އޭގެ ފަހުން ކަމަށް އެޑް ކަރީ މައުލޫމާތު ދެއެވެ. ކެރޮލައިނާ ރީޕާގެ ނަމުން ނަން ދެވިފައިވާ މި މިރުހަށްވަނީ ދުނިޔޭގެ އެންމެ ކުޅި މިރުހުގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑްސް އިން ޖާގަ ލިބިފައެވެ.

މި މިރުހުގެ ކުޅިކަން ދެނެގަތުމަށް ގަވައިދުން ކެރޮލައިނާގެ ވިންތްރޮޕް ޔުނިވާސިޓީގައި ޓެސްޓްތައް ހައްދާކަމަށް އެޑް ކަރީ ބުންޏެވެ.

އެގޮތުން މިރުހުގެ ކުޅިކަން ދެނެގަތުމަށްޓަކައި ބޭނުން ކުރަނީ 'ސްކޮވީލް ހީޓް' ޔުނިޓްސް ކަމަށާއި ކެރޮލައިނާ ރީޕާސްގައި 1،569،000 ސްކޮވީލް ހީޓް ޔުނިޓް ހުންނަ ކަމަށް އޭނާ ބުންޏެވެ. ހަލަޕީނިއޯގައި 5،000 ސްކޮވީލް ހީޓް ޔުނިޓް ހުންނައިރު ގިތެޔޮ މިރުހުގައި ހުންނަ ކަމަށް ރެކޯޑް ކުރެވިފައިވަނީ 200،000 ސްކޮވީލް ހީޓް ޔުނިޓެވެ.

މިރުސް ކައިގެން ކުޅިވި ކަމުގައި ވިޔަސް އެއީ ހަށިގަނޑަށް ނުރައްކާތެރި ކަމެއް ނޫންކަމަށާއި މިރުސް ކެއުމުން ކުޅިވަނީ ސިކުނޑިން އުފައްދާ ކެމިކަލް ރިއެކްޝަންތަކެއްގެ ސަބަބުން ކަމަށް ކެރޮލައިނާ ރީޕާ މިރުސް އުފެއްދި އެޑް ކަރީ ބުނެއެވެ.

މި މިރުސް ކެއީމަ ހީވަނީ ފަރުބަދައިން ފައިބާ އަލިފާން ކެވޭހެން ކަމަށް ބެއެއް މީހުން ބުނާއިރު، އިރުގަ ދޫލެވޭހެން ހީވާކަމަށްވެސް މި މިރުހުގެ ރަހަ ބެލި މީހުން ބުނެފައި އެބަ ހުއްޓެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.