އަލިފާން ރޯވި އެއާކްރާފްޓް
އަލިފާން ރޯވި އެއާކްރާފްޓް
ދުނިޔެ 02 Jan 2024 | 12:58

300 އަށްވުރެ ގިނަ ފަސިންޖަރުންނާ އެކު ދަތުރު ކުރަމުންދިޔަ ޖަޕާނުގެ މަތިންދާ ބޯޓެއްގައި ރޯވެއްޖެ!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

300 އަށްވުރެ ގިނަ ފަސިންޖަރުންނާއިއެކު ދަތުރުކުރަމުންދިޔަ ޖަޕާން އެއާލައިންގެ އެއާކްރާފްޓެއްގައި އަލިފާން ރޯވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ޖަޕާންގެ ޓޯކިޔޯސް ހަނެޑާ އެއާޕޯޓްގެ ރަންވޭގައި، އެ އެއާކްރާފްޓް ޖެއްސި ވަގުތު ކޯސްޓާ ގާޑްގެ ޕްލޭން އަކާއި ޖެހި ހިނގި އެކްސިޑެންޓަކާއި ގުޅިގެންނެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ޖަޕާން އެއާލައިންގެ އެއާބަސް އޭ-350 ގައެވެ.

އެކްސިޑެންޓަށްފަހު ބޯ ދުމާއި އެކު އެ އެއާކްރާފްޓްގައި ރޯވެފައި ވާއިރު، މާ ގިނަ އިރެއްނުވެ އޭގެ ހަލް ވަނީ ދެފަޅިއަށް ވަކިވެގެން ގޮސްފައެވެ.

ރޯވެ ދެފަޅި ވެގެން ދިޔަ މި އެއާކްރާފްޓް ގައި އެވަގުތު ޖުމުލަ 379 ފަސިންޖަރުން ތިބި އިރު އޭގެ ތެރެއިން އޭގެ ތެރެއިން 8 ފަސިންޖަރުންނަކީ ކުޑަ ކުދިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އެ އެންމެންވެސް ސަލާމަތް ކުރެވިފައިވާއިރު، އެކަން ގިނަ މީހުން ސިފަ ކުރަމުން އަންނަނީ "މިރަކަލް" އެއްގެ ގޮތުގައެވެ.

އެއާކްރާފްޓް އާއި ޖެހުނު ކޯސްޓް ގާޑް ޕްލޭންގައި ޖުމްލަ 6 މީހުން ތިބި ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، ޕްލޭން ދުއްވަން އިން ޕައިލެޓް ސަލާމަތްވެފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ދެން ތިބި މީހުންގެ ހާލު އަދި އެނގިފައި ނުވާ ކަމަށް ބައެއް ރިޕޯޓް ތައް ބުނާ އިރު، އަނެއް ބައި މީޑިއާތަކުން ވަނީ އެމީހުން މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

މި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ޓޯކިޔޯސް ހަނެޑާ އެއާޕޯޓް މިވަގުތަށް ވަނީ ބަންދު ކޮށްފައެވެ. އަދި އަލިފާންގަނޑު ނިއްވުމަށް އެއާޕޯޓްގެ ފަޔާ ފައިޓަރުން މަސައްކަތް ކުރަމުންދާ ކަމަށް ބޭރުގެ މީޑިއާ އިން މައުލޫމާތު ދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް