ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތައް ނައްތާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސެޕްޓެމްބަރު މަހުގެ 23ވަނަ ދުވަހު ބޭއްވިގެންދިޔަ ރިޔާސީ އިންތިހާބުގައި ބޭނުންކުރެވުނު ވޯޓު ކަރުދާސްތައް ނައްތާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި ވާހަކަފުޅު ދައްކަވަމުން އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބޭނުންކުރެވުނު ކަރުދާސްތައް ކުދިކުރުމަށްފަހު ނައްތާލާފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުގެ ފަރާތުން އެ ކަރުދާސްތައް، ވަރަށް އަވަހަށް އަންދާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ވޯޓު ކަރުދާސްތައް ނައްތާލިޔަސް، އިންތިހާބާއި ގުޅުންހުރި އެއްވެސް މުހިންމު ލިޔުމެއް އަންދާލައި، ނުވަތަ ނައްތާނުލާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. ޝަރީފު ވިދާޅުވި ގޮތުގަައި ވޯޓު ކަރުދާސްތައް ނައްތާލުން ލަސްވެފައިވަނީ، ވޯޓާއި ގުޅޭ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމުންނެވެ.
މި ވޯޓު ކަރުދާސްތައް ނައްތާލުމަށް ހަމަޖެހިފައިވަނީ އިންތިހާބީ މަރުކަޒު ގާއިމްކޮށްފައިވާ ބާ ޖަމާލުއްދީންގައި ކަން ފާހަގަކޮށްލެވެއެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްއަށްފަހު ހާޒިރުވެ ތިބި ނޫސްވެރިންނަށް ވަނީ ވޯޓު ކަރުދާސް ދައްކާާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް