ގްރީން ސްޓްރީޓްސް އިން ޓީސީ ބަލޮކޮށްލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިރާގެ ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ އަދި ގްރީން ސްޓްރީޓްސް ބައްދަލު ކުރި މެޗު 2 ލަނޑު 1 ލަނޑުން ގްރީން ސްޓްރީޓްސް ކާމިޔާބު ކޮށްފިއެވެ.
މެޗުގައި ގްރީން ސްޓްރީޓްސްގެ ފަރާތުން ފެނުނު 2 ލަނޑުވެސް ކާމިޔާބުކޮށް ދީފައިވަނި އެ ޓީމުގެ ކޮލޮންބިއާއަށް ނިސްބަތްވާ ބިދޭސީ ކުޅުންތެރިޔާ ހެނާންޑޭޒް އަވީލާއެވެ. ޓީސީގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިޝާމް މުހައްމަދެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގްރީން ސްޓްރީޓްސްގެ ކީޕަރު އިބްރާހިމް ލަބާންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް